ކ. މާލެ
|
30 ސެޕްޓެންބަރ 2018 | އާދީއްތަ 12:34
ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ
ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ
ރާއްޖެއެމްވީ
ރިޔާސި އިންތިޚާބު 2018
އިންތިޚާބީ ރައީސް އިބޫއާ އެކު މި ގައުމުގައި އޮންނާނީ ރައްޔިތުންގެ ވެރިކަމެއް: އިންތި
ރިޔާސީ އިންތިޚާބުގައި ރައްޔިތުންގެ ވޯޓުން ޔާމީންގެ އަސްލު ސައިޒު ވަނީ ދައްކާފައި
މިއީ ރައްޔިތުންނަށް ފަސް އަހަރު ފަހުން ލިބުނު ބޮޑު އީދެއް

ދެން މި ގައުމުގައި އޮންނާނީ ރައްޔިތުންގެ ވެރިކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ހަރުގޭގެ ކުރިމަތީގައި ހުކުރު ދުވަހުގެ ހަވީރު ބޭއްވި އެއްވުމުގައި ވާހަކަދައްކަވަމުން އިންތި ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ރައްޔިތުންގެ ވޯޓުން އަބްދުﷲ ޔާމީންގެ އަސްލު ސައިޒު ދައްކާފައިވާ ކަމަށާއި، މިއީ ރައްޔިތުންނަށް ފަސް އަހަރު ފަހުން ލިބުނު ބޮޑު އީދެއް ކަމަށެވެ.

"މި އަށް ފަހު ތި ބޭފުޅުންނަށް އަންނާނެ އީދަކީ ޔާމީން ހައްޔަރު ކުރެވި ދެއަތުގައި ބިޑި އަޅުވައި ރައްޔިތުން ކުރިމަތީގައި ޖަލަށްލާ މަންޒަރު. އެއީ ތިބޭފުޅުންނަށް ދެން ކުރިމަތިލާނެ އީދަކީ. އެހެންވީމަ އަބްދުﷲ ޔާމީން އަކީ ނެތް މީހެއް،" އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ ރައްޔިތުންގެ އިންތިޚާބީ ރައީސް އިބޫއާ އެކު ރައްޔިތުންނާއި މުޅި ގައުމު މިނިވަން ވެފައިވާ ކަމަށާއި، ދެން މިގައުމުގައި އޮންނާނީ ރައްޔިތުންގެ ބާރާއި، ރައްޔިތުންގެ ވެރިކަން ކަމަށެވެ.

ރައީސް ޔާމީން ރައްޔިތުންނަށް އިންތިހާއަށް އަނިޔާވެރިވުމަށް ފަހު ވެސް އިންތިޚާބަށް ކުރިމަތިލެއްވީ ބޮޑު ލަދެއްގައި ބެދެންކަން ފާހަގަކުރައްވައި އިންތި ވިދާޅުވީ ރައީސް ޔާމީންގެ މީހުން އިލެކްޝަން ކޮމިޝަންގެ މެންބަރު ކަމަށް އައްޔަންކޮށްގެން ވެސް ރައްޔިތުންނަށް އޮޅުވާ ނުލެވުނު ކަމަށެވެ. އިންތި ވިދާޅުވީ ވެރިކަމުގައި ހުރެގެން ހުރިހާ ބާރެއް މުށުތެރެއަށް ލައްވައިގެން ހުންނެވި ނަމަވެސް ރައްޔިތުންގެ ބާރަށް ވުރެ ގަދަ ނުވެވުނު ކަމަށެވެ.

މީގެ އިތުރަށް އިންތި ވިދާޅުވީ މި ފާއިތުވެގެންދިޔަ ފަސް އަހަރު ރާއްޖޭގެ ގާނޫނު އަސާސީ ފުޑާލައި އަދުލްއިންސާފުގެ ދާއިރާ ނެތިކޮށްލާފައިވާ ކަމަށެވެ. އަދި އިބޫގެ ވެރިކަމުގައި ރައްޔިތުންނަށް އިންސާފު ހޯދައިދޭނެ ކަމަށާއި، ދެން ކުރިއަށް އޮތް ފަސް އަހަރުގެ ތރޭގައި ރައްޔިތުންގެ ލޮލަށް ކަރުނަ ގޭހުގެ އަސަރު ވެސް ނުކުރާނެ ކަމަށް އިންތި ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް