ކ. މާލެ
|
29 ސެޕްޓެންބަރ 2018 | ހޮނިހިރު 11:05
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިޚާބު 2018
ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކޮށްފި
ވަގުތީ ނަތީޖާއާ ދާއިމީ ނަތީޖާގެ މާބޮޑު ފަރަގެއް ނެތް
އިބޫ އިންތިހާބު ކާމިޔާބުކުރެއްވީ 58.4% އިން

މިމަހުގެ 23 ވަނަ ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ އިލެކްޝަންސް ކޮމިޝަން (އީސީ) އިން މީގެ ކުޑައިރުކޮޅެއް ކުރިން އިއުލާންކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބުތަކާ ބެހޭ މަރުކަޒުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކޮށްދެއްވީ އެ ކޮމިޝަނުގެ ސެކްރެޓެރީ ޖެނެރަލްއެވެ.

އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރި ރަސްމީ ނަތީޖާ ދައްކާ ގޮތުން ރައީސް ޔާމީނަށް ލިބިވަޑައިގަތީ 96,052 ވޯޓެވެ. އިބޫ ލިބިވަޑައިގަންނެވީ 134705 ވޯޓެވެ. 

އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފައިވާ ވަގުތީ ނަތީޖާއަށް ބަލާއިރު، އިބޫ އިންތިޚާބު ކާމިޔާބު ކުރެއްވީ، 134،616 ވޯޓުންނެވެ. އެއީ 58.4 ޕަސެންޓެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތީ، 96،123 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ.

ދާއިމީ ނަތީޖާ އިއުލާނުކޮށްފައި މި ވަނީ، މި ނަތީޖާ އިއުލާނުކުރުން ލަސްވަމުންދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަނިކޮށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް