ކ. މާލެ
|
30 ސެޕްޓެންބަރ 2018 | އާދީއްތަ 12:40
ޖަލު ބަންދުގައި ހުރިއިރު ޝުމްބާ ކޯޓަށް ހާޒިރުކުރަނީ
ޖަލު ބަންދުގައި ހުރިއިރު ޝުމްބާ ކޯޓަށް ހާޒިރުކުރަނީ
މުހައްމަދު ޝަރުހާން
ޝުމްބާގެ ޝަރީއަތް
ގޭބަންދުންގައި ހުންނަތާ އަހަރެއް ފަހުން ޝުމްބާ ކޯޓަށް ހާޒިރުކުރަނީ
ޝަރީއަތް އޮތީ އާދިއްތަ ދުވަހު
އަޑު އެހުމެއް ނުބާއްވާތާ އަހަރަކަށް ވުރެ ގިނަ ދުވަސް

ޕީޕީއެމްގެ ކައުންސިލް މެންބަރު ޒާހިދު ރަމީޒް (ޒާޓު) އަށް މަރުގެ އިންޒާރު ދިން ކަމަށް ބުނެ ހައްޔަރުކުރި ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ ގޮންގ) ގޭބަންދުގައި ހުންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީ ފަހުން އެ މައްސަލައިގެ ޝަރީއަތުގެ އަޑު އެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފިއެވެ.

ޝުމްބާގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް ނުބާއްވާތާ އަހަރެއްހާ ދުވަސް ފަހުން، އެ މައްސަލައިގެ އަޑުއެހުމެއް ބާއްވަން ތާވަލްކޮށްފައި ވަނީ އާދިއްތަ ދުވަހުގެ 11:30 އަށެވެ.

ސްރީ ލަންކާގައި ދިރިއުޅެމުން ދަނިކޮށް އަޝްރަފް ހައްޔަރުކޮށްގެން ރާއްޖެ ގެނެސް، ދޫނިދޫގައި ބަންދުކުރީ 2015 ވަނަ އަހަރުގެ ނޮވެމްބަރުގައެވެ.

ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި މައްސަލައާ ގުޅިގެން އޭނާ ހޯދަން އިއުލާނުކުރި ނަމަވެސް، ދައުވާކޮށްފައި ވަނީ ނިއުޕޯޓުގެ ހިއްސާ ވެސް އޮންނަ ޒާހިދަށް ބިރުދެއްކުމުގެ ދައުވާއެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ގާތް ގުޅުމެއް އޮންނަ އަދި ޝަރީއަތަކާއި ނުލައި މި ވަގުތު ގޭބަންދުގައި ހުރި ޝުމްބާގެ އެންމެ ފުރަތަމަ ހައްޔަރުކޮށްފައި ބެހެއްޓީ ޖަލުގައެވެ.

ސާދަ މަސް ދުވަހު ޖަލުގައި ހައްޔަރުކޮށްފައި ބެހެއްޓުމަށް ފަހު ޝުމްބާ ގެޔަށް ބަދަލުކޮށްފައި ވަނީ މިދިޔަ އަހަރުގެ މާޗު މަހު އޮތް އެ މައްސަލައިގެ ޝަރީއަތުގެ އަޑު އެހުމެއްގައި، އަޝްރަފްގެ ގާނޫނީ ވަކީލު އަބްދުﷲ ހަސީން އޭނާ ގޭބަންދަށް ބަދަލުކޮށްދެއްވުމަށް އެދުމުން، އެ މައްސަލަ ބެއްލެވި އޭރުގެ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުލްބާރީ ޔޫސުފްއެވެ.

މި މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބޭއްވީ މިދިޔަ އަހަރުގެ މާޗް މަހުގައެވެ. ޝުމްބާގެ މައްޗަށް ކުރާ ދައުވާގެ މައްސަލައިގެ ޝަރީއަތް ކުރިއަށް ނުގެންދާތީ އޭނާގެ އާއިލާ އިން ވެސް ވަނީ ފާޑުކިޔައިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް