ކ. މާލެ
|
28 ސެޕްޓެންބަރ 2018 | ހުކުރު 23:45
އިލެކްޝަން ކޮމިޝަންގެ މެމްބަރުން
އިލެކްޝަން ކޮމިޝަންގެ މެމްބަރުން
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންގެ ޓްވިޓާ ހެކްކުރުން
އީސީގެ ޓްވިޓަރ އެކައުންޓް ހެކްކޮށްފި، އިންތިޚާބުގެ ދާއިމީ ނަތީޖާ މާދަމާ!
ދާއިމީ ނަތީޖާ މާދަމާ ހެނދުނު އިއުލާނުކުރާނެ

ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން ޓްވީޓަކުން އިއުލާންކުރުމަށް ފަހު، ޓްވިޓަރ އެކައުންޓް ވަނީ ހެކްކޮށްފައި ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ،

އިލެކްޝަންސް ކޮމިޝަނުން ހުކުރު ދުވަހުގެ ރޭ 10:48 ގައި ކުރި ޓްވީޓެއްގައި ބުނެފައި ވަނީ "ރިޔާސީ އިންތިޚާބު 2018 ގެ ރަސްމީ ނަތީޖާ ކޮމިޝަނުން އެންޑޯސް ކޮށްފިން. ވަގުތީ ނަތީޖާ އާއި ރަސްމީ ނަތީޖާގައި ފަރަގެއް ނެތް. ރަސްމީ ނަތީޖާ މާދަމާ (ހޮނިހިރު ދުވަހު) އިއުލާނު ކުރެވޭނެ" ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް، އެކޮމިޝަންގެ މީޑިއާ ވައިބަރ ގްރޫޕްގައި ވިދާޅުވީ ޓްވިޓަރ އެކައުންޓް ހެކްކޮށްފައިވަނި ވަގުތީ ނަތީޖާ އިއުލާނުކުރި ޓްވީޓްގެ ކުރިން ކަމަށެވެ.

ޓްވިޓަރ އެކައުންޓް ހެކްކޮށްފައިވާ ކަމަށް ވައިބަރ ގްރޫޕްގައި އަކްރަމް ވިދާޅުވި ހުކުރު ދުވަހުގެ ރޭ 11:26 ގަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި ދާއިމީ ނަތީޖާ އިއުލާނު ކުރުން، މިހާރު ވެސް ތާވަލްކޮށްފައިވާ ގޮތަށް މާދަމާ ހެނދުނު 10:30 ގައި ބޭއްވުމަށް ވަނީ ނިންމާފަ އެވެ. ދާއިމި ނަތީޖާ އިއުލާނު ކުރާނީ އެ ކޮމިޝަންގައި ބާއްވާ ޕްރެސް ކޮންފަރެންސްގަ އެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން  ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް އާދީއްތަ ދުވަހު ބޭއްވި އިންތިޚާބު ކާމިޔާބު ކުރެއްވީ 58.4 ޕަސެންޓް ވޯޓުންނެވެ. ޕީޕީއެމްތގެ ކެންޑިޑޭޓް އަދި ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ 41.6 ޕަސެންޓް ވޯޓެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް