ކ. މާލެ
|
28 ސެޕްޓެންބަރ 2018 | ހުކުރު 19:09
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ވަގުތީ ނަތީޖާ އިއުލާންކުރުމަށް ބޭއްވި ޖަލްސާގައި
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ވަގުތީ ނަތީޖާ އިއުލާންކުރުމަށް ބޭއްވި ޖަލްސާގައި
އިލެކްޝަންސް ކޮމިޝަން
ރިޔާސީ އިންތިހާބު 2018
އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުން މާދަމާ
ރަސްމީ ނަތީޖާ އިއުލާންކުރަން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 10:30 އިން ފެށިގެން

ނިމުނު ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ މާދަމާ (ހޮނިހިރު ދުވަހު) އިއުލާންކުރަގޮތަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސައިފި އެވެ. 

އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކުރަން ފެށުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހު ހެނދުނު އިލެކްޝަންސް ކޮމިޝަންގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމަށްފަހުގަ އެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގެ ދައުވަތު މީޑިއާތަކަށް ފޮނުވާފައިވާއިރު، ޕްރެސް ކޮންފަރެންސް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 10:30 ގައެވެ. 

އިންތިހާބުގެ ދާއިމީ ނަތީޖާ މާދަމާ އިއުލާންކުރާއިރު، އިންތިހާބްގެ ނަތީޖާތައް ފައިނަލްކޮށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ވަނީ ސޮއިކޮށްފަ އެވެ. އެގޮތުން އެ ކޮމިޝަންގެ މެމްބަރު އިސްމާއިލް ހަބީބް ވިދާޅުވީ ވަގުތީ ނަތީޖާއާ އަޅާ ބަލާއިރު މާ ބޮޑު ބަދަލެއް ދާއިމީީ ނަތީޖާއަށް ނާންނަ ކަމަށެވެ. އަދި ކޮމިޝަންގެ މެމްބަރު ނަޝާތުވެސް ވަނީ ހަބީބްގެ ވާހަކަފުޅަށް ތާއީދުކުރައްވައި، އިންތިހާބު ދާއިމީ ނަތީޖާ އާއި ވަގުތީ ނަތީޖާގައި މާ ބޮޑު ފަރަގެއް ނެތްކަން ހާމަކޮށްފަ އެވެ. 

އިންތިހާބްގެ ދާއިމީ ނާތީޖާ އިއުލާންކުރާއިރު، ނަތީޖާ އިއުލާންކުރުން ލަސްވާތީ އިދިކޮޅު ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ސަރުކާރުން ގެންދަނީ އިންތިހާބުގެ ނަތީޖާއަށް ބަދަލު ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ގިނަ ޝކުވާތަކެއް ހުށައަޅައި ކޯޓަށް ދިއުމަށްވެސް ސަރުކާރުން ތައްޔާރުވި އެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ކާމިޔާބުވެފައެއް ނުވެ އެވެ. 

އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފައިވާ ވަގުތީ ނަތީޖާއަށް ބަލާއިރު، އިބޫ އިންތިޚާބު ކާމިޔާބު ކުރެއްވީ، 134،616 ވޯޓުންނެވެ. އެއީ 58.4 ޕަސެންޓެވެ. ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ލިބިވަޑައިގަތީ، 96،123 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް