ކ. މާލެ
|
28 ސެޕްޓެންބަރ 2018 | ހުކުރު 15:32
ރިޔާސީ އިންތިޚާބުގެ ވޯޓު ގުނަނީ
ރިޔާސީ އިންތިޚާބުގެ ވޯޓު ގުނަނީ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިޚާބު 2018
އިންތިޚާބުގެ ނަތީޖާ ކޮމިޝަން މެމްބަރުން އެންޑޯސް ކުރައްވައިފި
އެންޑޯސްކުރީ ބުރާސްފަތި ދުވަހު
ވަގުތީ ނަތީޖާ އާއި ދާއިމީ ނަތީޖާ މާބޮޑު ތަފާތެއް ނެތް

މިމަހުގެ 23 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ނަތީޖާ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުން އެންޑޯސް ކުރައްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އިސްމާޢީލް ހަބީބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީ އެކޮމިޝަނުގެ ފަސް މެންބަރުން ވެސް އެންޑޯސް ކުރައްވާފައިވާ ކަމަށެވެ.

އިންތިޚާބުގެ ދާއިމީ ނަތީޖާ ފަސް މެންބަރުން އެންޑޯސް ކުރެއްވީ ބުރާސްފަތި ދުވަހު ކަމަށާއި، ދާއިމީ ނަތީޖާއާ ވަގުތީ ނަތީޖާގައި މާބޮޑު ފަރަގެއް ނެތް ކަމަށް ވެސް ހަބީބްގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

 

ރިޔާސީ އިންތިބުގެ ދާއިމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން އެންޑޯސް ކުރައްވާފައިވާ ކަމަށް ކޮމިޝަނުގެ މެންބަރަކު ވިދާޅުވި އިރު އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ނުކޮށްގެން އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިތުރުން އިދިކޮޅު ސަޕޯޓަރުންނާއި ބޭރުގެ ބައެއް ގައުމުތަކުން ވެސް އަންނަނީ ދާއިމީ ނަތީޖާ އަވަހަށް އިއުލާންކުރަން ބާރުއަޅަމުންނެވެ.

ރައީސް ޔާމީންގެ މައްޗަށް އިބޫ ކުރި ހޯއްދެވީ ޖުމްލަ 134،616 ވޯޓުންނެވެ. އެއީ 58.4 ޕަސެންޓެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތީ، 96،123 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް