ކ. މާލެ
|
28 ސެޕްޓެންބަރ 2018 | ހުކުރު 11:28
މޫސުން ގޯސްވެ، ރަށެއްގައި ފެން ބޮޑުވެފައި
މޫސުން ގޯސްވެ، ރަށެއްގައި ފެން ބޮޑުވެފައި
ރާއްޖެއެމްވީ
ވިއްސާރަ
ބޯކޮށް ވާރޭވެހި ވައި ގަދަވުމުން ނުވަ އަތޮޅަކަށް ޔެލޯ އެލާޓް ނެރެފި
50 މޭލަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ
އުދަ އެރުން ވެސް އެކަށީގެންވޭ
އެލާޓް ދެމި އޮންނާނީ ހަތަރު ގަޑިއިރަށް

ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާ އެކު ވިއްސާރަކޮށް، ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ނުވަ އަތޮޅަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

ޔެލޯ އެލާޓް ނެރެފައި ވަނީ ބ. އަތޮޅުން ފެށިގެން މ. އަތޮޅާ ދެމެދުގައިވާ ހަތް އަތޮޅަށާއި ހުވަދު އަތޮޅުގައި ހިމެނޭ ގއ. އާއި ގދ. އަތޮޅަށެވެ.

މެޓް އޮފީހުން ބުނީ ވިލާގަނޑުގައި 45 މޭލާ 50 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ދެކުނާއި މެދުތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި އުތުރުގެ ކަނޑުތައް ވެސް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ. މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި ދިޔަވަރު ބޮޑުވާ ގަޑީގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މެޓް އޮފީހުން ހުކުރު ދުވަހުގެ ހެނދުނު ނެރުނު ޔެލޯ އެލާޓް ނެރެފައި ވަނީ ހަތަރު ގަޑިއިރަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް