ކ. މާލެ
|
27 ސެޕްޓެންބަރ 2018 | ބުރާސްފަތި 21:51
ފެން ހިންދުމުގެ މަސައްކަތް ކުރަނީ
ފެން ހިންދުމުގެ މަސައްކަތް ކުރަނީ
އެމްއެންޑީއެފް
ރާއްޖޭގެ މޫސުން
އައްޑޫގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި
ފެން ބޮޑު ސަބަބުން ދަތިތަކާ ވަނީ ކުރިމަތިވެފައި

އައްޑޫ ސިޓީއަށް ބޯކޮށް ވާރޭ ވެހި މަގުތަކުގައި ފެން ބޮޑުވުމާ ގުޅިގެން ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާއިން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން އައްޑޫ ސިޓީއަށް ވެސް ވަރަށް ބޯކޮށް ވާރޭވެހިފައިވާ ކަމަށެވެ. އެގޮތުން އައްޑޫގައި ގުޅިފައިވާ ރަށްތަކުގެ މަގުތަކުގައި ފެން ބޮޑުވެ، މީހުންނަށް ހިނގާބިނގާވެ އުޅުމަށް ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށެވެ. އަދި މިހާރު ފެން ހިއްކުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، ވެލިބަސްތާތައް ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މީގެ އިތުރުން މަރަދޫ އަދި މަރަދޫފޭދޫ އަވަށަށް އުދަ އަރާފައެވެ. އަދި ފުށްޓަރު ފަރާތުގައި ހުރި ގެތަކަށް އުދައިގެ އަސަރު ވަނީ ވަރަށް ބޮޑަށް ކޮށްފައެވެ.

ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމުގެ ސަބަބުން ރާއްޖޭގެ އެކި ހިސާބަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން އިން ވަނީ ބުނެފައެވެ.

ބުރާސްފަތި ދުވަހު އެ އިދާރާ އިން ބުނެފައި ވަނީ ކުރިއަތް އޮތް ތިން ދުވަހުގެ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ބެލެވޭތީ އާންމުކޮށް ހުރިހާ ފަރާތްތަކުން، ވަކިން ހާއްސަކޮށް މެދު ރާއްޖެތެރެއާއި ދެކުނުގެ ސަރަހައްދުތަކުގައި ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް