ކ. މާލެ
|
22 އޮކްޓޯބަރ 2018 | ހޯމަ 07:48
ފެނަކަ ކޯޕަޜޭޝަންގެ ބައްދަލުވުމެއް ކުރިއަށް ދަނީ
ފެނަކަ ކޯޕަޜޭޝަންގެ ބައްދަލުވުމެއް ކުރިއަށް ދަނީ
ފެނަކަ ކޯޕަރޭޝަން
ރިޔާސީ އިންތިހާބު 2018
ފެނަކައިގެ އެޑްމިން ސްޓާފުންނަން ހަވީރު 5 ގެ ފަހުން އޮފީހަކަށް ނުވަދެވޭ!
ފެނަކައިގެ އެޑްމިން ސްޓާފުން ހަވީރު 16:45 ގެ ކުރިން ސައިން އައުޓްވުމަށް ވަނީ އަންގާފަ
މިކަމާއި ގުޅިގެން ގިނަ މުވައްޒަފުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން

ފެނަކަ ކޯރޕަރޭޝަން އެޑްމިނިސްޓްރޭޝަންގެ މުވައްޒިފުންނަން ހަވީރު ފަހެއްގެ ފަހުން އޮފީހަށް ނުވަދެވޭނެ ކަމަށް އެކުންފުނިން އަންގައިފިއެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެއްވުމާ އެކު ސަރުކާރު ބަދަލުކުރުމުގެ ކަންކަން ކުރިއަށް ގެންދާ މި ދަނޑިވަޅުގައި ފެނަކަ ކޯޕަރޭޝަންގެ މައި އޮފީހުގައި މަސައްކަތް ކުރާ މުވައްޒިފުންނަށް ހަވީރު  5 ގެ ފަހުން ނުވަދެވޭނެ ކަމަށް އަންގާފައި ވަނީ ބުރާސްފަތި ދުވަހުގައެވެ. ސަރުކާރުގެ ކުންފުނިތަކުގެ ލިޔެކިޔުންތައް ނައްތާލަން މަސައްކަތްކުރާ މި ދަނޑިވަޅުގައި ފެނެކައިން މިފަދައިން ނިންމުމުން އެކުންފުނީގެ ގިނަ މުވައްޒިފުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ބުރާސްފަތި ދުވަހު ފެނަކަ ކޯޕަރޭޝަންގެ ޑިރެކްޓަރ ޔުސްރާ އަބްދުﷲ ސޮއިކުރައްވާ އެ ކުންފުނީގެ އެޑްމިނިސްޓްރޭޝަން ޑިޕާޓްމެންޓަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ، ސެޕްޓެމްބަރ މަހުގެ 27 ވަނަ ދުވަހުން ފެށިގެން 17:00 ގައި އޮފީސް ބަންދުކުރަން ހަމަޖެހިފައިވާ ކަމަށެވެ. އެހެންކަމުން ހަވީރު 16:45 ގެ ކުރިން ސައިން އައުޓް ކުރެއްވުމަށް އެދޭ ކަމަށެވެ.

މީގެ އިތުރުން ހަވީރު 17:00 ގެ ފަހުން މަސައްކަތްކުރަން ޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ، ދުރާލައި އެ ޑިޕާޓްމެންޓްއަށް އަންގަވައިގެން، ޑިޕާޓްމެންޓްގެ ހެޑްގެ ބެއްލެވުމުގެ ދަށުން މަސައްކަތް ކުރިއަށް ގެންދިއުމަށް ވެސް އަންގާފައިވެއެވެ.

ފެނަކައިން މިގޮތަށް ނިންމާފައި ވަނީ ދައުލަތުގެ އެކި އިދާރާތަކުގައި ހުރި ލިޔެކިޔުންތަކަކީ ރައްކާތެރިކޮށް، ބަލަހައްޓަންޖެހޭ އެއްޗެއް ކަމަށާއި ލިޔެކިޔުންތައް ނައްތާލުމަކީ ގާނޫނީ ބޮޑު ކުށަކަށްވާތީ، އެކަމުން ސަލާމަތްވެ ތިއްބެވުމަށް ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނާއި ރައްޔިތުންނަށް އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިއާ އަހުމަދުދީދީ ގޮވާލާފައި ވަނިކޮށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
28 ސެޕްޓެންބަރ 2018 | ހުކުރު 09:30
ބޮޑުމަންޒަރު1
ސަރުކާރު ހުރިހާ އޮފީހެއް ލަސްވެގެން 2.30 ގައި އެންމެ ނުކުމެ ބަންދުކުރަން އުސޫލެއް ޢާންމުކޮށް ޢަމަލުކުރަމުންދާތާ ހާދަދުވަހެއްވެއްޖޭ ސޯ ކޮބާތަ މައްސަލައަކީ.އެއީ ހާދަ ރަނގަޅު ނިންމުމެކޭ.އހެންނޫނީ ސިވިލް ސާވަންޓުންނަށް ހަވީރުވާއިރުވެސް ގެއަކަށް ނުދެވޭ. މިހާރު ޔަޤީން 2.30ވީމަ ގެއަށްދާންވީކަން.
28 ސެޕްޓެންބަރ 2018 | ހުކުރު 05:43
މުވައްޒަފެއް
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައިވެސް މެންދުރު 2 ޖެހުމަށްފަހު އެއްވެސް މުވައްޒަފަކަށް މަޑުކުރެވެނީ ވެރިއެއްގެ ހުއްދަ ސޮއި އޮތް ސްލިޕެއް ސިފައިންގެ ސެކިއުރިޓީއާ ހަވާލުކޮށްގެން. މިކަން އާންމުކޮށް އަންގާފައި އޮންނަތާ އަހަރަކަށްވުރެ ދުވަސް ވެއްޖެ. ކީކޭ ދެން ބުނާނީ. ވައްކަން ކުރުން އޮންނަނީ 2 ޖެހުމަށްފަހު. އެހެންނަމަ ވަޒީފާ އަދާކުރުމަށްފަހު ނުކުތްތޯ ޗެކް ކުރަން ސެކިއުރިޓީން ސެކްޝަންތައް ނުބަލާނެ ދޯ.
27 ސެޕްޓެންބަރ 2018 | ބުރާސްފަތި 23:44
މާޒީ
17:00 ga office bandhu kurumaa liyekiyumakaa kon kameh? Fithuna ufeddhiyas boduvaru.