ކ. މާލެ
|
23 އޮކްޓޯބަރ 2018 | އަންގާރަ 08:12
ޕީޕީއެމްގެ ބައްދަލުވުމެއްގެ ތެރެއިން
ޕީޕީއެމްގެ ބައްދަލުވުމެއްގެ ތެރެއިން
ރާއްޖެއެމްވީ
ޕީޕީއެމްގެ މައްސަލަ
ޕީޕީއެމްގެ ކޮންގްރެސް ހުއްޓުވައިދިނުމަށް ކޯޓު އަމުރަކަށް އެދިއްޖެ
ހުއްޓުވައިދިނުމަށް އެދުނީ ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން
މައްސަލަ ހުށަހެޅުއްވީ ސިވިލް ކޯޓަށް
ޕީޕީއެމްގެ ކޮންގްރެސް ބޭއްވުމަށް ނިންމާފައިވަނީ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު

ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައިވާ ޕްރޮގްރެސިވް ޕާރޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް)ގެ ކޮންގްރެސް ހުއްޓުވައިދިނުމަށް ވަގުތީ އަމުރެއް ނެރެދިނުން އެދި ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.

ރައީސް މައުމޫން ޢަބްދުލް ޤައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން ހުށަހެޅުއްވި މިމައްސަލައިގައި ބުނެފައި ވަނީ ސިވިލް ކޯޓުގެ 1586Cv-C/2016/ ނަންބަރު ޤަޟިއްޔާގައި ނިންމެވި ނިންމެވުމާ ގުޅިގެން ޕްރޮގްރެސިވް ޕާރޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ކައުންސިލުން ޕީ.ޕީ.އެމް ހިންގާނީ ޕީ.ޕީ.އެމްގެ މުސްތަޝާރު ކަމަށް ކަނޑައެޅި ގޮތް، ސިވިލް ކޯޓުގެ ޤަޟިއްޔާގައި އެކަށައަޅުއްވާފައި އޮތް އުޞޫލާއި، ޕީ.ޕީ.އެމްގެ އަސާސީ ގަވާއިދާ ޚިލާފުވާތީ، އެނިންމުން ބާޠިލް ކުރަން އެދި ހުށަހެޅި މައްސަލައިގައި، އެނިންމުން ބާޠިލުކޮށްފިނަމަ، ޕީ.ޕީ.އެމްގެ ޢާންމު ޖަލްސާއެއް ބާއްވާ، އެޢާންމު ޖަލްސާއާއި އެޖަލްސާއިން ނިންމާ ނިންމުންތައް ބާޠިލުވާނެތީ، ސިވިލް ކޯޓަށް ހުށަހަޅައިފައިވާ މައްސަލައިގައި ޢާންމު ޖަލްސާއެއް ބާއްވައިފިނަމަ، އިޢާދަ ނުކުރެވޭނެ މާލީ އަދި މަޢުނަވީ ގެއްލުން ޕާޓީއަށް ކުރިމަތިވާނެތީ، މިމައްސަލައިގައި ގޮތެއް ނިންމެންދެން ޕާޓީގެ ޙަރަކާތްތަކާއި، ޢާންމު ޖަލްސާތައް ބޭއްވުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެންޖެހޭކަމަށް ފެންނަ ކަމަށެވެ.

އެމައްސަލައިގައި ބުނެފައި ވަނީ މި އަމުރު ނު ނެރެފިނަމަ، ޕީ.ޕީ.އެމް. ގެ ޖަލްސާ އެއް ބޭއްވުމަށް އެތައް ޚަރަދެއް ހިނގާނެ ކަމަށެވެ. އަދި އެހައި ބޮޑު ޚަރަދެއް ހިނގުމަށްފަހު ބާއްވާ ޖަލްސާގެ ނިންމުންތައް، އެއީ، މިމައްސަލަ ނިމޭ ގޮތެއްގެ މައްޗަށް ބަލާއިރު، ޣައިރު ޤާނޫނީ ނިންމުންތަކަކަށް ވެއްޖެނަމަ، އެތައް ހާސް ބައެއްގެ ވަގުތާއި، ފައިސާ، އިޢާދަ ނު ކުރެވޭ މިންވަރަށް ގެއްލިގެން ދާނެ ކަމަށެވެ.

އެމައްސަލައިގާ ބުނެފައި ވަނީ ސިވިލް ކޯޓުގެ 1586/Cv-C/2016 ނަންބަރު ޤަޟިއްޔާގައި ނިންމެވި ނިންމެވުމާ ގުޅިގެން ޕްރޮގްރެސިވް ޕާރޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ކައުންސިލުން ޕީ.ޕީ.އެމް. ހިންގާނީ ޕީ.ޕީ.އެމްގެ މުސްތަޝާރު ކަމަށް ކަނޑައެޅި ގޮތް، ސިވިލް ކޯޓުގެ ޤަޟިއްޔާގައި އެކަށައަޅުއްވާފައި އޮތް އުޞޫލާއި، ޕީ.ޕީ.އެމް. ގެ އަސާސީ ގަވާއިދާ ޚިލާފުވާތީ، އެނިންމުން ބާޠިލް ކުރަން އެދި ހުށަހެޅި މައްސަލައިގައި، ސިވިލް ކޯޓުން ގޮތެއް ނިންމަވަންދެން، ޕީ.ޕީ.އެމް. ގެ ޢާންމު ޖަލްސާ އެއް ނު ބޭއްވުމަށް ޕީ.ޕީ.އެމް. ގެ ކައުންސިލަށާއި މުސްތަޝާރަށް އަންގާ އަމުރުކުރުމަށް އެދޭ ކަމަށެވެ.

ޔުމްނާ މައުމޫން މިމައްސަލަ ހުށަހަޅުއްވާފައި ވާއިރު އެ ޖަލްސާތައް ހުއްޓުވައިދިނުމަށް ޕީޕީއެމް ކައުންސިލުގެ ކުރީގެ މެންބަރު އަދި ޔުމްނާގެ ފިރިކަލުން މުހައްމަދު ނަދީމް ވަނީ އެދިވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް