ކ. މާލެ
|
27 ސެޕްޓެންބަރ 2018 | ބުރާސްފަތި 17:26
ކަރީނާ ކަޕޫރު
ކަރީނާ ކަޕޫރު
ގޫގުލް
ބޮލީވުޑް
ކަރީނާގެ އަތުގައި ހުރި އަގުބޮޑެތި ތަކެތި އިނގޭތަ؟
ކަރީނާގެ އަތުގައި ވަރަށް އަގު ބޮޑެތި އެސަސަރީޒް އާއި ލަގްޒަރީ ވެހިކަލާއި އެހެނިހެން ތަކެތި ހުރޭ

އެންމެން ދަންނަ ކަޕޫރު އާއިލާގެ އެއް މެންބަރު ކަމަށްވާ ކަރީނާ ކަޕޫރު ބޮލީވުޑަށް ތަޢާރަފް ވެގެން ދިޔައީ 2000 ވަނަ އަހަރު ރިލީޒް ކުރި ޖޭޕީ ދައްތާ ޑައިރެކްޓް ކޮށްފައިވާ ފިލްމް "ރެފިއުޖީ" އިންނެވެ.

ބޮލީވުޑްގައި 18 އަހަރު ހޭދަކޮށްފައިވާ ކަރީނާ މިހާރު ވެފައި ވަނީ އިންޑަސްޓްރީގައި މަސައްކަތް ކުރާ ތަރިންގެ ތެރެއިން އެންމެ އަގުބޮޑުކޮށް ފިލްމުކުޅޭ އެއްތަރިއަށެވެ.

 ކަރީނާ ވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު 16 ގައި ސައިފް އަލީ ޚާން އާއި ކައިވެނި ކޮށްފައެވެ. އަދި އެދެމީހުނަށް ވަނީ 2016 ވަނަ އަހަރުގެ ޑިސެމްބަރު 20 ގައި ފިރިހެން ދަރިޔަކު ލިބިފައެވެ. އެދަރިފުޅަށް ދީފައިވާ ނަމަކީ ތައިމޫރު އަލީ ޚާން އެވެ. ތައިމޫރު ވެގެން ގޮސްފައިވަނީ ފޭނުން އެންމެ ގަޔާވާ ތުއްތު ކުއްޖަކަށެވެ.

ބޮލީވުޑްގައި ހޭދަކުރި ދިގު މުއްދަތުގެ ތެރޭގައި ކަރީނާ ވަނީ ކާމިޔާބު ގިނަ ފިލްމްތަކެއް ކުޅެ ގިނަ އަދަދެއްގެ ސްޓޭޖް ޕާރފޯމަންސް ތަކެއް ހުށަހަޅައިދީފައެވެ.

ޑެއިލީ ހަންޓްގައި ރިޕޯޓްކޮށްފައިވާ ގޮތުން ކަރީނާގެ ނެޓްވޯތު 432 ކްރޯޑް ރުޕީސްއަށް އަރައެވެ. އަދި އަހަރެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި 73 ކްރޯޑް ރުޕީސް ލިބޭކަމަށް ޕޭޗެކް ޑޮޓް އިންގައި ބުނެފައިވެއެވެ.

އުމުރުން 38 އަހަރުގެ ކަރީނާއަކީ ހުނަރުވެރި ބަތަލާއެއްގެ އިތުރުން މަޝްހޫރު މޮޑެލްއެކެވެ.

ކަރީނާގެ އަތުގައި ވަރަށް އަގު ބޮޑެތި އެސަސަރީޒް އާއި ލަގްޒަރީ ވެހިކަލާއި އެހެނިހެން ތަކެތި އާޝޯޚުވާފަދަ މިންވަރަކަށް ހުރެއެވެ.

މި ލިޔެލަނީ ކަރީނާގެ އަތުގައި ހުރި އެންމެ އަގުބޮޑު 5 އެއްޗެއްގެ ނަމެވެ.

1. ކަރީނާ ގެންގުޅޭ ބަރކިން 35 ރޫޖް ކަސާކް އެޕްސަމް ބޭގްގެ އަގަކީ 10 ލައްކަ ރުޕީސް

2. އެންގޭޖްމަންޓް އަނގޮޓީގެ އަގަކީ 75 ލައްކަ ރުޕީސް

3. ލެކްސަކްސް އެލްއެކްސްގެ އަގަކީ  470 -2.32 ކްރޯޑް ރުޕީސް

4. ސްވިޒަލޭންޑްގެ ގުސްޓާޓްއިން ގަނެފައިވާ ގޭގެ އަގަކީ 33 ކްރޯޑް ރުޕީސް

5. މުމްބާއީގެ ފޯޗޫން ހެއިޓްސްއިން ގަނެފައިވާ އެޕާޓްމަންޓްގެ އަގަކީ 48 ކްރޯޑް ރުޕީސް

މިއަހަރުގެ ކުރީކޮޅު ކަރީނާ ވަނީ "ވީރޭ ދި ވެޑިން" އިން ފެނިގެން ގޮސްފައެވެ. އެފިލްމްގައި ކަރީނާ އާއި އެކު ފެނިގެން ގޮސްފައިވަނީ ސޯނަމް ކަޕޫރު، ސްވަރާ ބާސްކަރް އަދި ޝިކާ ޓަލްސާނިއާ އެވެ. ކަރީނާ ދެން ފެނިގެންދާނީ ކަރަން ޖޯހަރު ޑައިރެކްޓް ކުރާ ފިލްމް "ތަޚްތް" އިންނެވެ. މި ފިލްމުގައި ކަރީނާ އާއި އެކު ދެން ފެނިގެންދާނީ ރަންވީރު ސިންގް އާލިއާ ބަޓް، އަނިލް ކަޕޫރު،ޖާންވީ ކަޕޫރު، ވިކީ ކައުޝަލް އަދި ބޫމީ ޕަދްނޭކަރެވެ. މިފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ 2020 ވަނަ އަހަރުއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް