ކ. މާލެ
|
27 ސެޕްޓެންބަރ 2018 | ބުރާސްފަތި 14:53
ކޯޓު ލައްވައިގެ އިކްރާމް ޕީއެސްއެމްގެ އެމްޑީ ޚަލީލްއާ އެކު
ކޯޓު ލައްވައިގެ އިކްރާމް ޕީއެސްއެމްގެ އެމްޑީ ޚަލީލްއާ އެކު
ރައީސް އޮފީސް
އިކްރާމްގެ ކޮރަޕްޝަން
ޕީއެސްއެމްގެ އިކުރާމާ ގުޅޭ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވެއްޖެ
ވަކިބަޔަކަށް ކަންކަން ހަވާލުކޮށްފައިވަނީ
ގިނަ ކަންކަމުގައި އިސްކޮށް އުޅުއްވީ އިކްރާމް

ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ޤާނޫނާ ގަވާއިދާ އެއްގޮތަށް އެއްވެސް ކަމެއް ކޮށްފައި ނުވާކަމަށާއި އެކަންކަމާ އެތަނުގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަ މުހައްމަދު އިކްރާމަށް ތުހުމަތު ކުރެވޭކަމަށް އެތަނުގެ ކުރީގެ ލީގަލް ޕީއެސްއެމްގެ ކުރީގެ މެނޭޖާ ލީގަލް އެންޑް ރެގުއުލޭޓްރީ އެފެއާޒް އަބްދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ ޕީއެސްއެމްގެ ޚިޔާނާތުގެ މައްސަލައަކާއި ގުޅިގެން އެކޮމިޝަނަށް މައުލޫމާތު ހިއްސާ ކުރެއްވުމަށްފަހު ހިލްމީ ވިދާޅުވީ ޕީއެސްއެމްގެ އެއްވެސް ކަމެއް ޤާނޫނާ އެއްގޮތައް ކޮށްފައި ނުވާނެ ކަމަށެވެ. އެގޮތުން އޭނާ ފާހަގަ ކުރެއްވި އެއްކަމކީ އޭސީސީއިން ތަހުގީގު ކުރަމުންދާ މޯލްޑިވްސް މީޑިއާ އިންޓިޓިއުޝަން، އެމްއެމްއައި ހުޅުވުމަށް އިމާރާތަށް އެތައް ހަރަދެއް ގަވާއިދާ ހިލާފަށް ކޮށްފައިވާ މައްސަލަ އެވެ.

އެ މައްސަލައަކީ ކުރިން ވެސް އޭސީސީއިން ބަލާފައިވާ މައްސަލައެކެވެ. ނަމަވެސް އެ މައްސަލަ ތަހުގީގު ކުރުމަށްފަހު ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވީ އޭރު ޕްރޮކިއުމަންޓް ހެޑްގެ މަގާމުގައި ހުންނެވި މުހައްމަދު ހާޝިމްގެ މައްޗަށް ދައުވާކުރުމަށް ކަމަށާއި އެކަމަކު އެކަން ހިނގިއިރު ހާޝިމް ހުރީ ޗުއްޓީގައި ކަމަށް ހިލްމީ ވިދާޅުވިއެވެ.  އެހެންވެ އެ ޝަކުވާ އޭސީސީއަށް ލިބިފައިވާތީ އަލުން މައްސަލަ ބަލަން ވަނީ ފަށާފައި ކަމަށާއި ގުރާސްފަތި ދުވަހު ހިލްމީ އޭސީސީއަށް ހާޒިރުކުރީ އެކަން ހިންގާފައިވާ ގޮތެއްސާފު ކުރުމަށް ކަމަށެވެ.

އޭސީސީއަށް ހާޒިރުވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަބްދުﷲ ހިލްމީ ވިދާޅުވީ އޭނާއާ ސުވާލުކުރީ މީޑިއާ އިންޓިޓިއުޝަން ހުޅުވުމަށް ނުނިމި ހުރި އިމާރާތެއް ނިމިއްޖެ ކަމަށް ހަދައިގެން އެތަނަށް ބޮޑު ކުއްޔެއް ދައްކާ މައްސަލަ ފަޅާ އެރި މައްސަލައާ ގުޅިގެން ކަމަށެވެ.

ޕީއެސްއެމްގައި ހިންގާ ޤާނޫނާ ގަވާއިދާ ޚިލާފް ކަންކަމާހުރެ އެތަނުގައި ނޫޅެވިގެން ވަޒީފާ އަމިއްލައަށް ދޫކޮށްލައްވައި މިހާރު ޓެކްސް އެޕީލް ޓްރިބިއުނަލްގެ ރެޖިސްޓްރާގެ މަގާމު އަދާކުރައްވާ އަބްދުﷲ ހިލްމީ ވިދާޅުވި ގޮތުގައި އެ މައްސަލާގައި ތުހުމަތު ކުރެވެނީ އަދި ރައްދު ވަނީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިކްރާމަށް ކަމަށާއި އޭރު ކަންކަން ހިންގުމުގައި އެންމެ އިސްކޮށް އުޅުއްވީ އިކްރާމް ކަމަށެވެ.

ޕީއެސްއެމުން މީޑިޔާ އިންސްޓިޓިއުޓް ހިންގަން ހެންވޭރުގައި ހުރި އެ އިމާރާތަށް މަހު ކުލީގެ ގޮތުގައި 37،000 ރުފިޔާ ދައްކަމުން ދިޔަ ކަމަށާއި އެޑްވާންސްގެ ގޮތުގައި ހަތަރު ލައްކަ ރުފިޔާ ދައްކާފައިވާއިރު ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި އަށް ލައްކަ ރުފިޔާ ދައްކާފައިވާ ކަމަށް ހިލްމީ ވިދާޅުވި އެވެ. ނަމަވެސް އެ ހުރިހާ ހަރަދެއްކޮށްފައިވާ އެ އިމާރާތުގައި އެއްވެސް މަސައްކަތެއް ނިމިފައިނުވާ ކަމަށާއި އެންމެ ކުޑަ މިނުން ޕާޓިޝަނެއް ވެސް އިމާރާތުގައި ޖަހާލާފައިނުވާ އިރު އެތަނުގައި ހުރީ ހަތަރު ފާރު ކަމަށް ހިލްމީ ވިދާޅުވިއެވެ.

އެތައް ހަރަދެއް އެ އިމާރާތަށް ކުރުމަށް ފަހު، އެންމެ ފަހުން މީޑިއާ އިންޓިޓިއުޝަން ހުޅުވާފައިވަނީ މާފަންނުގައި ހުންނަ ދިވެހިރާއްޖޭގެ އަޑުގެ އިމާރާތުގަ އެވެ. އަދި އެތަންވެސް މަރާމާތުކޮށްފައިވަނީ ވަކިބަޔަކު ލައްވައި ގަވާއިދާ ޚިލާފަށްކަމަށްވެސް ހިލްމީ ވިދާޅުވިއެވެ.  

"އަޅުގަނޑަކީ ޕީއެސްއެމްގައި 17 އަހަރު މަސައްކަތްކޮށްފަ ހުރި މީހެއް، އަޅުގަނޑު އެ ތަނުން ނުކުތީ މަސައްކަތް ކުރަން އުނދަގޫ ވެގެން، އެތަނުގަ މަސައްކަތް ނުކުރެވުނީ އޮންނަ އުސޫލުތައް އެ ބޭފުޅުން ގަބޫލު ނުކުރާތީ، މިސާލަކަށް ޕްރޮގްރާމެއް ކަމަށްވީ ނަމަވެސް ދޮރެއް ޖެހި ކަމަށްވީ ނަމަވެސް ކުލަލުން ކަމަށްވީ ނަމަވެސް ނުވަތަ ތަޅުން ގަނޑެއް އެޅި ކަމުގައިވީ ނަމަވެސް ފުރާޅެއް އެޅުން ކަމަށްވީ ނަމަވެސް އެއްވެސް ކަމެއް ނީންނާނެ ގާނޫނާއި ގަވައިދާ އެއްގޮތަށް ގޮސްފައެއް،"ހިލްމީ ވިދާޅުވި އެވެ.

ހިލްމީ ވިދާޅުވީ، ޕީއެސްއެމް އިން ހުރިހާ މަސައްކަތެއް ހަވާލުކުރަނީ އިކްރާމްއާ ގުޅުން އޮންނަ މީހުންނަށް ކަމުގެ ޝަކުވާތައް އޭނާ ޕީއެސްއެމްގައި މަސައްކަތް ކުރެއްވި އިރުވެސް އަދި ވަކިވެވަޑއިގެންނެވި ފަހުން ވެސް ލިބޭ ކަމަށެވެ.

ހިލްމީ ވިދާޅުވީ އޭނާ މަސައްކަތް ކުރެއްވި އިރު މައްސަލައެއް ފެންމަތިވެއްޖެ ނަމަ އެ މައްސަލައެއް ބެލުމަށް މެނޭޖިން ޑިރެކްޓަރު އިބްރާހީމް ހަލީލް އަންގަވާ ކަމަށެވެ. އިސްލާހުތަކާއި އަޅަންޖެހޭ ފިޔަވަޅުތައް އެންގުމުން ހަލީލް އެ ފިޔަވަޅުތައް އެޅުއްވިކަން ވެސް ހިލްމީ ފާހަގަކުރެއްވިއެވެ. ނަމަވެސް ތަހުގީގީ އިދާރާއަކަށް އެ މައްސަލަތައް ނުފޮނުވާ ކަމަށާއި ތަހުގީގުކުރަންޖެހޭ ބޮޑެތި މައްސަލަތައް ފެންމަތިވަމުން ދިޔަކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ހިލްމީ ވިދާޅުވީ މަޝްހޫރު މާލްދީބް ނެރުމަށް ކުރި މަސައްކަތާއި ޕީއެސްއެމް އިމާރާތުގައި ކުލަލުން އަދި އަޑުގެ އެންޓަނާތައް ބަދަލު ކުރުން ފަދަ ކަންކަމަކީ ވެސް މިލިޔަނުން އިކްރާމްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ކަންކަން ކަމަށެވެ.

މިކަމާ ގުޅޭގޮތުން އިކްރާމްގެ ބަހެއް ހޯދުމަށް ރާއްޖެ އެމްވީން އިކްރާމަށް ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައި ނުވާތީ އިކްރާމްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ޕީއެސްއެމްގައި ހިނގާފައިވާ ގިނަ ގާނޫނާ ހިލާފު މައްސަލަތަކެއް ހުރުމުން އެކަންކަމުގެ މައުލޫމާތު އެނގޭ މީހުން މައްސަލަތައް އަވަހަށް ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމަށް ހިލްމީ ވަނީ އެދިފައެވެ.

އިކްރާމަކީ ޕީއެސްއެމްގެ ބޯޑުގައި ހުންނަވައިގެން ރައީސް ޔާމީންގެ ކެމްޕެއިންގައި ވަރަށް ބޮޑަށް އުޅުއްވި ބޭފުޅެކެވެ. އަދި ރައީސް ޔާމީނަށް ހުޝާމިދު ކުރުމާއި އިންތިޚާބާ ދިމާކޮށް ގުޅިފައިވާ ޕާޓީތަކުގެ ބޭފުޅުންނަށް ނިސްބަތްކޮށް ތަފާތު ރިޕޯޓްތަކާއި ޕްރޮގްރާމްތައް ގެނައުމުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިއުން ވަރަށް ބޮޑަށް އަމާޒުވެފައިވާ ބޭފުޅެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
27 ސެޕްޓެންބަރ 2018 | ބުރާސްފަތި 19:54
ހަސަންބަނޑޭ
ހެހެ ދެން ތިތިބީ ރާކަނި މަސްކެވިފަ.... ތަނުގަހުރި ވީޑިއޯ އާރކައިވްވެސް ހަލީލު މިހާރު ވަނީ ތަނުން ބޭރަށް ވިއްކާލަފް.
27 ސެޕްޓެންބަރ 2018 | ބުރާސްފަތި 14:52
ޢަހަރެން
ޤައުމަށް ޤައްދާރުވާ މީހުންގެ ވާާހަކަ ލިޔާއިރުގަ މާތް ބަހުރުވަ ބޭނުންނުކޮށްބަލަ...
27 ސެޕްޓެންބަރ 2018 | ބުރާސްފަތި 11:28
މެޑަމް އައިޝާ
ހުސް ދޮގު ވެއްޓެނީ
27 ސެޕްޓެންބަރ 2018 | ބުރާސްފަތި 10:49
ޔާގޫތު
ކޮންމެ މީހަކަށްވެސް ދުވަހެއް އަންނާނެ. މިއޮތީ އިކްރާމް ކުރަމުންއައި ކަންތައް ބެލޭނޭ ވަގުތުއައިސް ޖެހިފައި. ރައްޓެއްސެއްގެ ގެ މަކަރާއި ހީލަތުން ކޮންޓްރެކްޓްގައި ސޮއިކުރުވާފާ ގެ ނުހަދާދީ އެއާއިލާ އަށް އޮޅުވާލާފަ. ދުނިޔެމަތީ ވެސް ކެހިވެރިންނަށް ހައްގު އަދަބު ލިބޭތަން ފެންނަން ޖެހޭ
27 ސެޕްޓެންބަރ 2018 | ބުރާސްފަތި 10:28
ނަފީސާ
hilmy akee ves tribunal ga ulhemun yameen ge campaign ga ulhunu meeheh.. mihaaru kolhu badhalu kollee.. aharen mee campaign office ga ulhunu meehakah vaathee mi bunelee..