ކ. މާލެ
|
23 އޮކްޓޯބަރ 2018 | އަންގާރަ 17:06
ޕީޕީއެމްގެ ކައުންސިލް މެމްބަރު ނަދީމް
ޕީޕީއެމްގެ ކައުންސިލް މެމްބަރު ނަދީމް
އަޒުމޫން އަހުމަދު
ޕީޕީއެމްގެ މައްސަލަ
ޕީޕީއެމްގެ ގައުމީ ޖަލްސާ ހުއްޓުވައި ދިނުމަށް އެދިއްޖެ
މައްސަލަ ހުށަހެއްޅުވީ ނަދީމް
އަސާސީ ގަވައިދާ ޚިލާފު ކަމަށް ވިދާޅުވި

ވެރިކަންކުރާ މައި ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބާއްވަން ނިންމާފައިވާ ގައުމީ ޖަލްސާ ހުއްޓުވައި ދިނުމަށް ޕީޕީއެމް ކައުންސިލުގެ ކުރީގެ މެންބަރު މުހައްމަދު ނަދީމް އެދިވަޑައިގެންފިއެވެ.

ކުރީގެ ރައީސް މައުމޫނުގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން ނަދީމް އިލެކްޝަންސް ކޮމިޝަންގައި އެގޮތަށް އެދިވަޑައިގެންނެވީ ބުރާސްފަތި ދުވަހު އެކޮމިޝަންގެ ރައީސް އަހުމަދު ޝަރީފަށް ފޮނުއްވި ސިޓީއެއްގައެވެ.

ޕީޕީއެމްގެ ގައުމީ ޖަލްސާ ބޭއްވުމަށް ނިންމާފައި ވަނީ އަންނަ ހުކުރާއި ހޮނިހިރު ދުވަހުއެވެ. އަދި އެކަމާ ގުޅޭ ގޮތުން ޕީޕީއެމުން ބޭއްވި އެ ޕާޓީގެ ކައުންސިލްގެ ކުއްލި ބައްދަލުވުމުގައި މަޝްވަރާ ކޮށްފައި ވެއެވެ.

ނަދީމް ފޮނުއްވި ސިޓީގައި ވަނީ ގައުމީ ޖަލްސާ އެއް ބާއްވަން ނިންމާފައި ވަނީ އަސާސީ ގަވާއިދާ ހިލާފަށް އެ ގަވާއިދުގައި ބުނެފައިވާ ފަދަ ހާލަތެއް ނެތި ކަމަށެވެ. މިހާރު އޮތް ޕީޕީއެމްގެ ކައުންސިލަކީ ސައްހަ ކައުންސިލެއް ނޫން ކަމަށާއި ޕީޕީއެމްގެ ކައުންސިލު މިއަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް އުވިފައި ކަމަށް ވެސް ސިޓީގައި ވެއެވެ. 

އޭގެ އިތުރުން ކައުންސިލު ބައްދަލުވުމެއް ބޭއްވޭނީ ޕާޓީގެ ރައީސްގެ ބެލުމުގެ ދަށުން ކަމަށާއި ނަމަވެސް ޕާޓީގެ ރައީސް މަގާމުން ވަކިވި ކަމަށް ނިންމާފައި ވަނީ އަސާސީ ގަވައިދާ ހިލާފަށް ކަމަށް ވެސް ނަދީމް ފާހަގަކުރައްވާފައި ވެއެވެ. 

ޕީޕީއެމްގެ ގައުމީ ޖަލްސާ ހުއްޓުވައިދިނުމަށް އިލެކްޝަންސް ކޮމިޝަނުގައި ނަދީމް އެދިވަޑައިގެންފައިވާ އިރު އަންނަ ހުކުރާއި ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާ ޕީޕީއެމްގެ ގައުމީ ޖަލްސާ ހުއްޓުވާނެ ކަމަށް ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދު ކުރައްވާ ބޭފުޅުން ވެސް ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް