ކ. މާލެ
|
23 އޮކްޓޯބަރ 2018 | އަންގާރަ 16:52
ރާއްޖޭގެ މޫސުން ދައްކުވައިދޭ ޗާޓެއް
ރާއްޖޭގެ މޫސުން ދައްކުވައިދޭ ޗާޓެއް
މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސަސް
ރާއްޖޭގެ މޫސުން
ދެކުނުގެ ބައެއް އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފި
މެޓް އޮފީހުން ވައިޓް އެލާރޓް ނެރެފައިވަނީ ލ. އަތޮޅާއި ސ. އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް

ދެކުނުގެ ބައެއް އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވައިޓް އެލާރޓް ނެރެފިއެވެ.

މެޓް އޮފީހުން ވައިޓް އެލާރޓް ނެރެފައި ވަނީ ލ. އަތޮޅާއި ސ. އަތޮޅާ ދެމެދުގެ އަތޮޅުތަކަށެވެ.

މި އަތޮޅުތަކަށް ގަޑިއަކު 23 މޭލާއި 29 މޭލަ ދެމެދުގެ ބާރު މިނުގައި އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަ ވާނެ ކަމަށާއި ކަނޑުތައް ވެސް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.

ދެކުނުގެ ބައެއް އަތޮޅުތަކަށް މެޓް އޮފީހުން ވައިޓް އެލާރޓް ނެރެފައި ވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 8:45 އިން 14:45 އަށެވެ.

ދެކުނުގެ އަތޮޅުތަކުގައި ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް