ކ. މާލެ
|
27 ސެޕްޓެންބަރ 2018 | ބުރާސްފަތި 07:26
އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު
އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު
މިހާރު
ރިޔާސީ އިންތިޚާބު 2018
ރައީސް ޔާމީން ހުންނެވީ ވަރަށް ބޮޑަށް އެކަނިވެރިވެފައި: ޝިފާޒު
ރައީސް ޔާމީނަށް މި ވަގުތު ކުރިމަތިވެފައިވާ ނިކަމެތި ކަމަކީ އެމަނިކުފާނަށް ސިޔާސީ ޕާޓީއެއް ނެތުން
ޕީޕީއެމްގެ މެންބަރުން ރައީސް ޔާމީނާ މެދު ދެކޭ ގޮތް ބަދަލުވެއްޖެ
މުޅި ދުނިޔެއިން ރިޔާސީ އިންތިޚާބު ވަނީ ބަލައިގަނެފައި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މި ވަގުތު ހުންނެވީ އާރެއް ބާރެއް ނެތި ވަރަށް ބޮޑަށް އެކަނިވެރިވެ، ބާކީވެފައި ކަމަށް އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ރައްޔިތުންގެ ނިންމުން" ޕްރޮގްރާމްގައި ޝިފާޒު ވިދާޅުވީ ކޯލިޝަނުން މިއަދު މި ދެކޭ ފޮނި ނަތީޖާއަކީ ސިޔާސީ ޕާޓީތަކެއްގެ ވިސްނުމާއި ފިކުރުން ކުރި މަސައްކަތުގެ ނަތީޖާ ކަމަށާއި، ސިޔާސީ ކަމެއްގައި ކާމިޔާބީއާ ހަމައަށް ވާސިލްވުމަށް ސިޔާސީ ޕާޓީއެއްގެ ދައުރު ވަރަށް މުހިންމު ކަމަށެވެ. ނަމަވެސް ރައީސް ޔާމީނަށް މިވަގުތު ކުރިމަތިވެފައިވާ ނިކަމެތި ކަމަކީ އެމަނިކުފާނަށް ސިޔާސީ ޕާޓީއެއް ނެތުން ކަމަށެވެ. އަދި މިހާރުގެ ޕީޕީއެމަކީ ރައީސް ޔާމީން ހިސޯރުކޮށްފައިވާ ޕާޓީއެއް ކަމަށާއި، ވަރަށް އަވަހަށް އެ ޕާޓީގެ ވެރިޔާއާ އަށް އެޕާޓީ ހޯދައިދޭނެ ކަމަށް ޝިފާޒު ވިދާޅުވިއެވެ.

ޝިފާޒު ވިދާޅުވީ ޕީޕީއެމްގެ މެންބަރުން ރައީސް ޔާމިންއާ މެދު ދެކޭ ގޮތް ބަދަލުވެފައިވާ ކަމަށާއި، އެއީ ރައީސް ޔާމިން ބިރުފުޅުވަޑައިގަންނަވާނެ ކަމެއް ކަމަށެވެ. އަދި ރައީސް ޔާމީން މިއަދު ހުންނެވީ އެއްވެސް އާރެއް ބާރެއް ނެތި ކަމަށާއި، އެމަނިކުފާނުގެ ސިޔާސީ ޕާޓީއެއް ވެސް ނެތް ކަމަށެވެ. އޭނާ ވިދާޅުވީ ކަންތައްތައް ހިނގައިދާ ގޮތުންނާއި، ހިނގައިދިޔަ ގޮތުން މިހާރު ޕީޕީއެމް ތެރޭގައި ވެސް ރައީސް ޔާމީންނަށް ތާއީދުކުރާ މީހުން ވަރަށް މަދު ކަމަށެވެ.

ރައީސް ކަމުން ދުރަށްޖެހިވަޑައިގަންނަވަން ރައީސް ޔާމީން ޖެލުންވެ ވަޑައިގަންނަވަނީ ކަން ފާހަގަކުރައްވައި ޝިފާޒު ވިދާޅުވީ މިހާރުގެ ގާނޫނު އަސާސީން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރެއްވި ކޮންމެ ބޭފުޅަކަށް ހިމާޔަތާއި ރައްކާތެރިކަން ލިބޭ ކަމަށެވެ. ރައީސުންނަށް ރައްކާތެރިކަން ލިބޭއިރު ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ގާނޫނާ ހިލާފަށް ހައްދުފަހަނައަޅާދާ ވަރަށް ގައުމަށް ހިޔާނަތްތެރިވެ، އަނިޔާވެރިވެފައިވާ ނަމަ މައްސަލަ ބެލޭނެ ކަމަށް ވެސް ޝިފާޒު ވިދާޅުވިއެވެ. 

"ޔާމީންގެ އަރިހުގައި ތިއްބެވި ބޭފުޅުންނަށް ދެން ވަރަށް ބޮޑަށް އަނެއްކާ ވެސް ހިތްވަރުދީގެން ރައީސް ޔާމީން މަސައްކަތް ކުރައްވާނެ. ރައީސް ޔާމީންއާ އެކު ތިއްބެވުމަށް. އެކަމަކު އަޅުގަނޑުމެން ނުދެކެން ތިބޭނެ ކަމަކަށް. ދުރު ނުވޭވަރަށް ގާތްވެފައި ތިބި މަދު ބޭފުޅުން ކޮޅެއްކަން އެނގޭނެ. ދެތިން ބޭފުޅެއް އެނގޭތޯ" ޝިފާޒު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބު މުޅި ދުނިޔެއިން ގަބޫލުކޮށްފައިވާކަން ފާހަގަކުރައްވައި ޝިފާޒު ވިދާޅުވީ ބައިނަލްއަގްވާމީ ފަރާތްތަކުން ތިބީ ރާއްޖޭގެ ރައްޔިތުންނާ އެކުގައި ކަމަށާއި، ރައްޔިތުން ނިންމި ގޮތާ ހިލާފަށް ކަންތައް ކުރާ ނަމަ އެ ފަރާތްތަކުން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ. ޝިފާޒު ވިދާޅުވީ އިންތިޚާބު އޮޅުވާލަން މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށާއި، މިއަދު ރައްޔިތުންގެ ބާރު ދައްކާފައިވާ ކަމަށެވެ.

ރާއްޖެ އާމާން އޮމާންކަމާ އެކު ބާއްވަން ބޭނުން ނަމަ ރައްޔިތުންގެ ވޯޓާ ނުކުޅުމަށް ޝިފާޒު ގޮވާލެއްވިއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް