ކ. މާލެ
|
26 ސެޕްޓެންބަރ 2018 | ބުދަ 23:40
އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް، އިބޫ އާއިއެކު
އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް، އިބޫ އާއިއެކު
ރާއްޖެ އެމްވީ
ވެރިކަން ބަދަލުކުރުން
ދިވެހި ރައްޔިތުން ނިންމެވިގޮތް ފުލުހުން ދަމަހައްޓަވާނެ: ނަވާޒް
އެކަމުގެ ޔަޤީންކަން ދިވެހި ލޮބިވެތި ރައްޔިތުންނަށް އަރުވާފައިވޭ

23 ސެޕްޓެމްބަރުގައި ރައްޔިތުން ނިންމި ނިންމުން ފުލުހުން ދަމަހައްޓަވާނެކަމަށް އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވެއްޖެ އެވެ. 

ފުލުހުންގެ އުދާރާ ހިންގެވުމާއި ހަވާލުވެ ހުންނެވި އެކްޓިން ކޮމިޝަނަރ އޮފް ފޮލިސް އަބްދުﷲ ނަވާޒާއި ހަވާލާދީ ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ ދިވެހި ރައްޔިތުން ނިންމެވިގޮތް ފުލުހުން ދަމަހައްޓަވާނެކަމަށާއި، އެ ނިންމުމަށް ފުލުހުން އިހްތިރާމްކުރާނެ ކަމަށެވެ. އަދި އެކަމުގެ ޔަޤީންކަން ދިވެހި ލޮބިވެތި ރައްޔިތުންނަށް އަރުވާކަމަށް ނަވާޒާއި ހަވާލާދީ ޝިފާން ވިދާޅުވި އެވެ.

ރާއްޖެޓީވީއަށް މައުލޫމާތުދެއްވަމުން ނަވާޒް ވިދާޅުވީ ފުލުހުންގެ ނިންމުން އެ ވަނީ ހާމަކޮށްފައިކަމަށާއި، ރައްޔިތުން ނިންމުން ދެމެހެއްޓުމަށް ފުލުހުން އަބަދުވެސް މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި އިންތިހާބްގެ ނަތީޖާ އޮޅުންބޮޅުންކުރަން މަސައްކަތްކުރާ ފަރަތްތަކަށް ފުރުސަތު ނުދީ، ރައްޔިތުންގެ ނިންމުން ދަމަހައްޓަވާނެކަމަށް ނަވާޒް ވިދާޅުވި އެވެ.

އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވެފައިވާއިރު ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމް ވެސް ވަނީ ރައްޔިތުން 23 ސެޕްޓެމްބަރުގައި ނިންމެވި ނިންމެވުން ދިވެހި ސިފައިން ދަމަހައްޓަވާނެ ކަމަށް ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
26 ސެޕްޓެންބަރ 2018 | ބުދަ 18:07
ދެމެހެއްޓޭނީ
ކަލޯ ކަލޭ ތިތާ ބެހެއްޓީޔާނުން، ދެމެހެއްޓޭނީ