ކ. މާލެ
|
18 އޮކްޓޯބަރ 2018 | ބުރާސްފަތި 11:20
ހައި ކޯޓު: އިންތިހާބާ ގުޅޭ މައްސަލަ އެއް ހުށަހަޅާފައި ނެތް ކަމަށް ބުނި
ހައި ކޯޓު: އިންތިހާބާ ގުޅޭ މައްސަލަ އެއް ހުށަހަޅާފައި ނެތް ކަމަށް ބުނި
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
އިންތިހާބާ ގުޅޭ މައްސަލަ އެއް ހުށަހަޅާފައެއް ނެތް: ހައި ކޯޓު
ރަސްމީ ނަތީޖާ އިއުލާން ކުރާނަން: ޝަރީފު

އިންތިހާބާ ގުޅޭ އެއްވެސް މައްސަލައެއް ހައި ކޯޓަށް ހުށަހަޅާފައި ނެތް ކަމަށް އެ ކޯޓުން ބުނެފިއެވެ.

ހައި ކޯޓުން އެގޮތަށް ބުނެފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝުކޫރު، އިންތިހާބާ ގުޅޭ މައްސަލައެއް އެ ކޯޓަށް ހުށަހެޅި ކަމަށް އަޑު ފެތުރިފައި ވަނިކޮށެވެ. އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބުނެފައިވާ ގޮތުން އިންތިހާބާ ބެހޭ މައްސަލަތައް ހުށަހަޅާނީ ހައި ކޯޓާ ސުޕްރީމް ކޯޓަށެވެ. 

އަޑު ފެތުރިފައިވާ ގޮތުގައި ރައީސް އަބްދުﷲ ޔާމީން ކޮންޓްރޯލް ނަންގަވާފައިވާ ޕީޕީއެމުން ދަނީ ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާ ފަސް ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އިންތިހާބާ ގުޅޭ ގިނަ ޝަކުވާތަކެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް އެ ޕާޓީން ދަނީ މަސައްކަތް ކުރަމުންނެވެ.

މަޖިލިސްގެ އިދިކޮޅު ބައެއް މެމްބަރުން ތުހުމަތު ކުރާ ގޮތުގައި ރައީސް ޔާމީން ގެންދަވަނީ އިންތިހާބުގެ ނަތީޖާ ގަބޫލުފުޅު ނުކުރައްވައި، ވެރިކަމުގައި ދެމިހުންނަވަން މަސައްކަތް ކުރައްވަމުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު "ރާއްޖެއެމްވީ"އަށް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާ ކުރިން އިއުލާން ކޮށްފައިވާ ގޮތަށް އާދީއްތަ ދުވަހު އިއުލާން ކުރައްވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
26 ސެޕްޓެންބަރ 2018 | ބުދަ 17:27
މަޒް
އަނެއްކާ އަނެއް ސަކަރާތް ފެށެނީ ދޯ؟ މި ކަލޭގެ މައިތިރިވާކަށް ނޫޅޭ ދޯ އަދިވެސް.. މުހައްމަދު އަމިން ދީދީ ކިޔާ ވެރިޔަކު އަޑު އެހީމުތަ؟