ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި މި ފަހަރު 46 ޤައުމަކުން ބައިވެރިވެއްޖެއެވެ.
މި އެގްޒިބިޝަން ބާއްވަން ނިންމާފައިވަނީ އަންނަ މަހު 9 ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހަށް ދަރުބާރުގޭގައެވެ.
މިއަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި 46 ޤައުމަކުން 250 ކުންފުންޏަކުން ދެހާސް ބްރޭންޑް ދައްކާލާނެއެވެ.
މިދިޔަ އަހަރު ހޮޓެލް އޭޝިއާ އެގްޒިބިޝަން ބާއްވާފައި ވަނީ ސެޕްޓެމްބަރ 18 އިން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ ފަހަރުގެ އެގްޒިބިޝަންގައި 175 އަށް ގިނަ ކުންފުނިތަކުން ބައިވެރިވިއެވެ. އެގްޒިބިޝަންގެ މެއިން ސްޕޮންސަރަކީ ބެސްޓްބައި މޯލްޑިވްސް (ބީބީއެމް) އެވެ.
ހޮޓެލް އޭޝިއާ އަކީ އަހަރީކޮށް ބާއްވާ އަދި ހޮޓެލްތަކާއި ރިސޯޓްތަކުން ވިޔަފާރި ކުރާ ފޯރަމެއް ގޮތުގައި ވަނީ ބަލައިގަނެވިފައެވެ.
ދިވެހިރާއްޖެއަކީ އެތައް މިލިއަން ޑޮލަރެއް އިންވެސްޓްކޮށް ހޮސްޕިޓާލިޓީ ސާމާނާއި، ކާބޯތަކެތި އެތެރެކުރާ ބަޔަކަށްވުމާއި އަދި މިފަދަ ބާރު ދުވެއްޔެއްގައި ކުރިއަރަމުން އަންނަ މާކެޓަކަށް ބައިނަލްއަގްވާމީ ގަޔާވުމެއް އޮންނާތީވެ، މި މައުރަޒުގައި ވަރަށް ނުފޫޒްގަދަ ފަރާތްތައް ދަނީ ބައިވެރިވަމުންނެވެ. ހޮޓެލް އޭޝިއާ އަކީ ހަމައެކަނި ސަރަހަށްދަށް ނިސްބަތްކޮށް ބޭއްވޭ އިވެންޓެއް ނޫނެވެ. މިއީ ބައިނަލްއަގްވާމީ ގޮތުން މަސަތްކަތްތައް ތައާރަފު ކުރާ ވިޔަފާރީގެ މައިދާނެކެވެ.
މިއީ ހޮޓެލް އޭޝިއާ އެގްޒިބިޝަން ބޭއްވުމަށް ހަމަޖެހިފައިވާ 14 ވަނަ ފަހަރެވެ.