ކ. މާލެ
|
26 ސެޕްޓެންބަރ 2018 | ބުދަ 13:27
ސުޕްރީމް ކޯޓުން: ކުރިން ނެގި ބާރު ވަނީ ދޫކޮށްލާފައި
ސުޕްރީމް ކޯޓުން: ކުރިން ނެގި ބާރު ވަނީ ދޫކޮށްލާފައި
މުހައްމަދު ޝަރުހާން
ސުޕްރީމް ކޯޓު
މުއައްސަސާތަކުން އަމިއްލައަށް ދައުވާ ކުރެވޭ ގޮތަށް އަނެއްކާ ވެސް ބަދަލުކޮށްފި
މިއީ ގާނޫނުގެ ދަށުން ކުރިން ވެސް ލިބިދޭ ބާރެއް
މިބާރުތައް ނެގީ 2015 ވަނަ އަހަރު ސުްޕްރީމް ކޯޓުން
މި ސިޓީއާއެކު ކުރީގެ ސިޓީ ވަނީ ބާތިލް ވެފައި

ޤާނޫނުގައިވާ ގޮތަށް މުއައްސަސާތަކުން އަމިއްލަ އަށް ދައުވާ ކުރެވޭނެ ގޮތް އަނެއްކާ ވެސް ސުޕްރީމް ކޯޓުން ހަދައިފިއެވެ.

އެބާރު ކުރިން އަތުލި ސުޕްރީމް ކޯޓުން އެބާރުތައް އެގޮތައް ދޫކޮށްލިކަން ހާމަކުރީ ބުދަ ދުވަހު ނެރުނު ޢާއްމު ސިޓީއަކުންނެވެ.

ސުޕްރީމް ކޯޓުން ބުދަދުވަހު ނެރެފައިވާ ޢާއްމު ސިޓީއެއްގައި ބުނެފައި ވަނީ ޤާނޫނު އަސާސީގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތު ކަމުގައި ކަނޑައަޅާފައިވާ ކަންކަން ފިޔަވައި އެހެން ކަންކަމުގައި ކޯޓުތަކުގައި ދައުލަތް ތަމްސީލް ކުރާނީ ބަންޑާރަނައިބު ކަމުގައި ޤާނޫނު އަސާސީގެ 133 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވީ ނަމަވެސް، އަމިއްލަ ނަމުގައި ދަޢުވާ ކުރުމާއި ދަޢުވާ ލިބިގަތުމުގެ ބާރު ޤާނޫނު އަސާސީ އާއި ޤާނޫނެއްގެ ދަށުން ލިބިފައިވާ ދައުލަތުގެ މުއައްސަސާތަކާއި، އިދާރާތަކުން ޝަރުޢީ ކޯޓުތަކަށް ހުށަހަޅާ މައްސަލަތަކުގަ އާއި އަދި ދައުލަތުގެ އެފަދަ މުއައްސަސާތަކާއި އިދާރާތަކަށް ދަޢުވާ ލިބޭ ގޮތަށް ހުށަހެޅޭ މައްސަލަތަކުގައި އެމުއައްސަސާއެއް ނުވަތަ އެއިދާރާއެއް ތަމްސީލް ކުރާނީ ސީދާ އެފަރާތަކުން ކަމުގައި ދަންނަވާ ކަމަށެވެ. އަދި އެފަދަ ދައުލަތުގެ މުއައްސަސާތަކުންނާއި އިދާރާތަކުން ކޯޓުތަކަށް ހުށަހަޅާ މައްސަލަތަކުގަ އާއި، އަދި އެފަދަ މުއައްސަސާތަކާއި އިދާރާތަކަށް ދައުވާ ލިބޭ ގޮތަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ދައުލަތުގެ މަސްލަހަތެއް ނުވަތަ ޢާއްމު މަސްލަހަތެއް ހިމެނޭ ކަމަށް ބަންޑާރަނައިބަށް ފެނިއްޖެ ކޮންމެ މައްސަލައެއްގައި ކޯޓުގެ ހުއްދައާ އެކު، އަދި ކޯޓުން އެދިއްޖެ ހިނދެއްގައި އެމައްސަލައެއް ހިނގަމުންދާއިރު، ބަންޑާރަނައިބު ނުވަތަ އޭނާ ކަނޑައަޅާ މީހަކު ކޯޓަށް ހާޟިރުވެ ވާހަކަ ދެއްކިދާނެއެވެ. އަދި މީގެ އިތުރުން، އެފަދަ ބާވަތުގެ މައްސަލަތަކުގައި ދައުލަތުގެ މަސްލަހަތެއް އޮތް ކަމަށް މައްސަލަ ބަލާ ކޯޓަށް ފެންނަ ޙާލަތުގައި ބަންޑާރަނައިބުގެ ފަރާތުން ދައުލަތް ތަމްސީލު ކުރުމުގެ ފުރުސަތު ދިނުމުގެ އިޚްތިޔާރު އެމައްސަލަ ބަލާ ކޯޓަކަށް ލިބިގެން ވާކަމަށް ވެސް އެ ސިޓީގައި ވަނީ ބުނެފައެވެ.  

ސުޕްރީމް ކޯޓުން ބުނެފައި ވަނީ އެ ސިޓީއަށް ޢަމަލް ކުރަން ފެށުމާއެކު އެ ބާރުތައް ބަންޑާރަނައިބަށް އޮންނަ ގޮތަށް ނެރެފައިވާ ކުރީގެ ޢާއްމު ސިޓީ ބާތިލްވީ ކަމަށެވެ.

ޤާނޫން އަސާސީ އާއި ޤާނޫނަކުން ބާރު ލިބިގެން ދައުލަތުގެ މުއައްސަސާތަކާއި އިދާރީތަކުން ދައުވާ ކުރުމާއި ދައުވާ ލިބިގަތުމަށް ލިބިދޭ ބާރު ނަގާފައި ވަނީ 2015 ވަނަ އަހަރު ސުޕްރީމް ކޯޓުން ނެރުނު ޢާއްމު ސިޓީއެއްގައެވެ. އަދި އެކަން ނިންމެވި ސުޕްރީމް ކޯޓުގެ ބެންޗުގައި މިހާރު ހުންނެވި އުއްތަމަ ފަންޑިޔާރު ހިމެނިވަޑައިގަންނަވައެވެ. މި ބަދަލާ އެކު ކުރިން އޮތް ގޮތައް ދައުލަތުގެ މިނިވަން މުއައްސަސާތަކަށް އަމިއްލަ ނަމުގައި ދައުވާ ކުރެވޭނެއެވެ. ސުޕްރީމް ކޯޓުން މި ގެނައި ބަދަލާ އެކު މިނިވަން މުއައްސަސާތަކަށް އެތަންތަނުން ކަނޑައަޅާ ވަކީލުންނާ އެކު ކޯޓުތަކުގައި ދައުވާކުރެވޭނެއެވެ. ސުޕްރީމް ކޯޓުން 2015 ވަނަ އަހަރު ބާރުތައް ނެގި ފަހުން އިލެކްޝަންސް ކޮމިޝަން ފަދަ ތަންތަނުގެ ފަރާތުން ކޯޓުތަކަށް ދަނީ ބަންޑާރަ ނައިބު ކަނޑައަޅުއްވާ ވަކީލުންނެވެ. ނަމަވެސް މިހާރު ގެނައި ބަދަލުން އިންތިޚާބާ ގުޅޭ މައްސަލަތަކުގައި ދައުލަތުގެ ފަރާތުން ބަންޑާރަ ނައިބުގެ ބަދަލުގައި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ވަކީލުންނާ އެކު ކޯޓަށް ދެވޭނެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
26 ސެޕްޓެންބަރ 2018 | ބުދަ 09:28
ޒަމީރު
ސްޕްރީމްކޯޓް ބުލީޗް ޖަހާފައި އެއްކޮށް ދޮވެލަން ވާނެ އިބޫ އިބޫ އިބޫ އިބޫ. ކޮސް ނަހަދާތި މިފަހަރު!!. ދަށުކޯޓްތަކާއި ރާއްޖެ ތެރޭގެ ކޯޓްތައް ވެސް ދޮވެލަން ވާނެ!!!. ކިޔަވައިގެން ތިބި ޒުވާން މޮޅު ކުދިނ އެބަތިބި މިހާރު.