ކ. މާލެ
|
26 ސެޕްޓެންބަރ 2018 | ބުދަ 10:55
ޕީޕީއެމަށް ސޮއި ކުރުމަށް ފަހު ފޯމު ހަވާލު ކުރަނީ
ޕީޕީއެމަށް ސޮއި ކުރުމަށް ފަހު ފޯމު ހަވާލު ކުރަނީ
ޓްވިޓަރ
ޕީޕީއެމް
މުއިއްޒު ޕީޕީއެމަށް ސޮއިކޮށްފި
މުއިއްޒު ސޮއި ކުރެއްވީ މިމަހުގެ 24 ވަނަ ދުވަހު

މިސަރުކާރުގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ޕީޕީއެމަށް ސޮއި ކުރައްވައިފިއެވެ. 

މުއިއްޒު ޕީޕީއެމަށް ސޮއިކުރެެއްވީ މިމަހުގެ 24 ވަނަ ދުވަހުއެވެ. 

މީގެ ކުރިން މުއިއްޒު ހުންނެވީ އެމްޑީއޭގެ މެމްބަރެއްގެ ގޮތުގައެވެ. މުއިއްޒުއަށް ހައުސިން މިނިސްޓަރުގެ މަގާމު ލިބިވަޑައިގެންނެވީ އެމްޑީއޭގެ މެމްބަރަކަށްވެ ވަޑައިގެންނެވި ފަހުންނެވެ. އެމްޑީއޭގެ މެމްބަރަކަށް ހުންނެވުމުގެ ކުރިން ހުންނެވީ  އަދާލަތު ޕާޓީގެ ސެކެރެޓަރީ ޖެނެރަލްގެ މަގާމުގައެވެ. މުއިއްޒު އެމްޑީއޭއާ ގުޅިވަޑައިގެންނެވީ އަދާލަތު ޕާޓީން  މި ސަރުކާރުން ވަކިވާން ނިންމި ހިސާބުންނެވެ.

ޑރ. މުއީއްޒު ޕީޕީއެމްއަށް ސޮއިކުރެއްވި އިރު ރިޔާސީ އިންތިހާބުގައި އެމްޑީއޭ އިން ޕީޕީއެމް އަށް ތާއީދުކޮށްފައެއް ނުވެއެވެ. ރައީސް ޔާމީނަށް އިންތިޚާބު ނާކާމިޔާބުވުމާއި ގުޅިގެން ޕީޕީއެމުން ވަނީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވާން ނިންމާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
26 ސެޕްޓެންބަރ 2018 | ބުދަ 09:54
އަހްމަދު
މުއިއްޒުގެ މައްސަލަތައް ބަލަންޖެހޭނެ