ކ. މާލެ
|
25 ސެޕްޓެންބަރ 2018 | އަންގާރަ 22:52
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕާ ރައީސް ޔާމީން ބައްދަލުކުރައްވަނީ
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕާ ރައީސް ޔާމީން ބައްދަލުކުރައްވަނީ
ޓްވިޓަރ
ޕީޕީއެމް
ޕީޕީއެމްގެ ގައުމީ މަޖިލިސް ހުކުރު އަދި ހޮނިހިރު ދުވަހު ބާއްވަނީ
ޕާޓީތަކުގެ އަސާސީ ގަވާއިދު ބުނާ ގޮތުން ކޮންމެ ފަސް އަހަރަކުން އެއް އަހަރު ޕާޓީގެ އާންމު ޖަލްސާއެއް ބާއްވަން ޖެހޭ

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ގައުމީ ޖަލްސާއެއް އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު ބޭއްވުމަށް އެ ޕާޓީން ނިންމައިފިއެވެ.

މިކަން ހާމަކޮށް އަންގާރަ ދުވަހު ޕީޕީއެމުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ޕީޕީއެމްގެ އަސާސީ ޤަވާއިދުގައިވާ ގޮތުގެ މަތީން، ޚާއްސަ ގޮތުން ބާއްވާ ޕާޓީގެ ޤައުމީ ޖަލްސާއެއް އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މާލޭގައި ކަމަށް ވެސް އެ ޕާޓީން ބުނެއެވެ.

ޕާޓީތަކުގެ އަސާސީ ގަވާއިދު ބުނާ ގޮތުން ކޮންމެ ފަސް އަހަރަކުން އެއް އަހަރު ޕާޓީގެ އާންމު ޖަލްސާއެއް ބާއްވަން ޖެހެއެވެ. އެންމެ ފަހުން ޕީޕީއެމްގެ އާންމު ޖަލްސާއެއް ބާއްވާފައި ވަނީ 2013 ވަނަ އަހަރުއެވެ. ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ޕާޓީގެ ކޮންގްރެސް ބާއްވާފައި ނުވާތީ ޕާޓީތަކާ ބެހޭ ގާނޫނުގައިވާ ގޮތުން ޕީޕީއެމް އުވާލަންޖެހޭ ކަމަށް ގިނަ ފަރާތްތަކަކުން ބުނެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
25 ސެޕްޓެންބަރ 2018 | އަންގާރަ 15:00
ފާތުމަ ކަދުރު
ޕާޓީ ރައީސް މައުމޫން އާއި ހަވާލުކުރެވޭނެ. ކޮންގްރެސްއޭ ކިޔައިގެންވެސް ތިޔައުޅެނީ ވައްކަމެއް ކުރަން ނުވަތަ ވައްކަމެއް ފޮރުވަން