ކ. މާލެ
|
15 އޮކްޓޯބަރ 2018 | ހޯމަ 14:30
އެމްޑީޕީގެ ނާއިބު ރައީސް މުހަައްމަދު ޝިފާޒު، ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ
އެމްޑީޕީގެ ނާއިބު ރައީސް މުހަައްމަދު ޝިފާޒު، ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ
މުހައްމަދު ޝަރުހާން
އެމްޑީޕީ ގައުމީ މަޖިލީސް
އެމްޑީޕީގެ އިލްތިމާސް މެންބަރުންނަށް: ހަމަނުހެޖުމަކަށް މަގުފަހިވާނެ އެއްވެސް ކަމެއް ނުކުރައްވާތި!
އުފާފާޅުކުރުމުގައި ކުރިއަށް ގެންދާ ހަރަކާތްތައް ސުލްހަވެރިކަމާއި އެކު ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންނެވި

އެމްޑީޕީގެ އެންމެހައި މެންބަރުންނަށް އެޕާޓީގެ ނާއިބު ރައީސް މުހަައްމަދު ޝިފާޒު އިލްތިމާސެއް ކުރައްވައިފިއެވެ.

ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު ފުރަތަމަ ބޭއްވި އެޕާޓީގެ 167 ވަނ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އަންގާރަ ދުވަހު ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ އުފާވެރި މި ވަގުތުގައި ވެސް އެޕާޓީގެ އެއްވެސް ބޭފުޅަކު ތަންތަނަށް އެއްވެ އުޅުމުގައި ވެސް އެއްވެސް ހަމަނުޖެހުމަކަށް މަގުފަހިވާފަދަ އެއްވެސް އަމަލެއް ނުހިންގުމަށް އެޕަޓީގެ އެންމެހައި މެންބަރުންގެ ކިބައިން އެދިވަޑައި ގަންނަވާކަމަށެވެ.

"އުފާފާޅު ކުރުމުގެ އެއްވުމެއްގައި ވެސް އަދި އެއްވެސް އެފަދަ ހަރަކާތެއްގައި ވެސް އެއްވެސް ހަމަނުޖެހުމެއް ނުހިންގެވުން ވަރަށް ބޮޑަށް އެދެން" ޝިފާޒް ވިދާޅުވިއެވެ.

މީގެ އިތުރުން މި އިންތިޚާބުގައި އިންތިޚާބީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހާއި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ލީޑަރޝިޕާއި އެޕާޓީގެ އާއްމު މެންބަރުން ކުރި ހިތްވަރަށް ޝިފާޒު ވަނީ މަރުހަބާ ކިޔައި ޝުކުރު އަދާކުރައްވާފައެވެ.

އުފާފާޅުކުރުމުގެ ހަރަކާތްތައް އެކި ކަންކޮޅު ތަކުގައި ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް ޝިފާޒް ވަނީ އެޕާޓީގެ މެންބަރުންނަށް ގޮވާލާފައެވެ. އެހެންނަމަ ވެސް އުފާފާޅުކުރުމުގައި ކުރިއަށް ގެންދާ ހަރަކާތްތައް ސުލްހަވެރިކަމާއި އެކު ކުރިއަށް ގެންދިއުމަށް އެދިވަޑައިގަތެވެ.  

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
25 ސެޕްޓެންބަރ 2018 | އަންގާރަ 14:06
ޔަސް
އެ ނޫން ކަމެއް އެނގޭތަ