ކ. މާލެ
|
25 ސެޕްޓެންބަރ 2018 | އަންގާރަ 19:35
އަހުމަދު ނަޝީދު (ޑޭވް) ރައީސް ޔާމިންއާ ސަލާމް ކުރަނީ
އަހުމަދު ނަޝީދު (ޑޭވް) ރައީސް ޔާމިންއާ ސަލާމް ކުރަނީ
މުހައްމަދު ޝަރުހާން
ވެރިކަން ބަދަލުކުރުން
ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
މިއީ އަމިއްލަ އެދުމާއި އަންބޮނޑި ބޮޑު ކުރުމުގެ ނަތީޖާ
އިޚްލާސްތެރިވެގެން ހޮވޭނެނަމަ ރައީސް ޔާމީން ހޮވުނީސް
ޒިންމާ ނަގަން ޖެހެނީ ލީޑަރޝިޕްއާއި މެޑަމް އަރިހު އުޅުނު ވަކި ބައެއް

ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕްގެ އަމިއްލަ އެދުމާހުރެ ކަމަށް ރައީސް ޔާމީން ކެމްޕެއިންގައި ހަރަކާތްތެރިކޮށް ފެނު އަދި މިސަރުކާރުގެ ކުރީގެ ސްޕޯޓްސް ކޮމިޝަނަރ އަހުމަދު ނަޝީދު (ޑޭވް) ބުނެފިއެވެ.

އޭނާ މިއަދު ކުރި ޓްވީޓެއްގައި ލީޑަރ ޝިޕަށް އިޝާރާތްކޮށް ބުނެފައިވަނީ ރިޔާސީ އިންތިޚާބުން ރައީސް ޔާމީން ފެއިލްކޮށްލީ ހަމަ "ކަލޭމެން" ކަމަށެވެ. އަދި މިއީ އަމިއްލަ އެދުމާއި އަންބޮނޑި ބޮޑު ކުރުމުގެ ނަތީޖާ ކަމަށެވެ.

ޑޭވް ބުނީ މީހަކު އިޚްލާސްތެރިވެގެން ހޮވޭނެނަމަ ރައީސް ޔާމީން ހޮވުނީސް ކަމަށާއި އެސެސްމެންޓް ހަދައި ނިންމާފައިވާ ކަމަށެވެ.

ޑޭވް ބުނީ ރައީސް ޔާމީން ފެއިލްވުމުގެ ޒިންމާ ނަގަން ޖެހެނީ ލީޑަރޝިޕްއާއި މެޑަމް އަރިހުގައި އުޅުނު ވަކި ބައެއް ކަމަށެވެ.

ޑޭވްގެ އިތުރުން ޕީޕީއެމަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންވެސް ވަނީ ރައީސް ޔާމިން ފެއިލްވުމަކީ ވަރަށްބޮޑަށް ލީޑަރޝިޕް ލަދުގަންނަން ޖެހޭނެ ކަމެއްކަމަށް ވިދާޅުވެ ލިޑަރޝިޕަށް ފާޑު ވިދާޅުވެފައެވެ.

2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ރައީސް ޔާމީނަށް ތާއީދު ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރި ޑޭވް، މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ފެށެން ކައިރިވެފައި ވަނިކޮށް، ޕީޕީއެމްގެ ލީޑަރޝިޕްގައި މިހާރު ތިބި ބައެއް ފަރާތްތަކާއި ޖެހުނު މައްސަލަތަކެއްގެ ސަބަބުން މި އަހަރުގެ ކެމްޕެއިންގައި އެއްވެސް ވަރަކަށް ހަރަކާތްތެރި ވެފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
26 ސެޕްޓެންބަރ 2018 | ބުދަ 07:47
މުރާސިލް
ރަގަޅު ފައިސާ އާއި ވަސީލަތް ހެޓަކައް ލިބުނު ނަމަވެސް އެބުނާހެނ ބަޔަކު އަންބޮޑިއަށް ބޮޑުރީ މަ މިހެން މިވީ
26 ސެޕްޓެންބަރ 2018 | ބުދަ 05:01
ހަސަނުމް
ހުސް އެކަހަލަ މީހުން އުޅުނީ ޔާމީން ކައިރީގަ. ސަރުކާރު ވަޒީފާގަ ތިބި ކުދިންކޮޅެއް ނެރިގެން އެކުދިންލައްވާ ކަންކަން ނަހަމަގޮތުގަ ކުރުވާފަ ހުރިހާ ފޮންޏެއް އެހެން ބަޔަކު ބޯލީ. ހުސް އަމިއްލަ އެދުން ފެނުނީ.
26 ސެޕްޓެންބަރ 2018 | ބުދަ 04:58
އަހުމަދުލް
ޑޭވްގެ ވާހަކަ ރަގަޅު. ލީޑަރޝިޕްގެ އަމިއްލަ އެދުމަށް ރައީސްއަށް އޮޅުވާލީ ބޮޑުމަންޒަރު ދައްކާ. ސަރުކާރު މުއައްޒަފުން ގަދަކަމުން ޖަލްސާތަކަށް ގެންގޮސްގެން..އެލީދަރޝިޕް އޮވެގެން އެކަމެއް ނުކުރެވޭނެ.
25 ސެޕްޓެންބަރ 2018 | އަންގާރަ 13:32
ޅީޑާސިޕް
ކޮބާ ތިބުނާ ބަޔަކީ؟
25 ސެޕްޓެންބަރ 2018 | އަންގާރަ 13:20
މެޑަމް އައިޝާ
ދީން ބޭނުން ނުވާތި ނުހޮވީ