ކ. މާލެ
|
25 ސެޕްޓެންބަރ 2018 | އަންގާރަ 16:33
މާރިއާ އަހުމަދުދީދީ
މާރިއާ އަހުމަދުދީދީ
މުހައްމަދު ޝަރުހާން
ސަރުޚާރު ބަދަލުވުން
ދައުލަތުގެ ލިޔެކިޔުންތައް ނައްތާލުމަކީ ގާނޫނީ ބޮޑު ކުށެއް، އެކަމުން ސަލާމަތްވެ ތިއްބަވާތި: މާރިއާ
އެފަދަ ކަމެއް އުޅޭނަމަ "ޖަޒީރާ ރާއްޖެ" ވެބްސައިޓްގެ ކޮޕްލެއިންސަށް މެއިލް ކުރައްވާ

ދައުލަތުގެ އެކި އިދާރާތަކުގެ ހުރި ލިޔެކިޔުންތަކަކީ ރައްކާތެރިކޮށް، ބަލަހައްޓަންޖެހޭ އެއްޗެއް ކަމަށާއި ލިޔެކިޔުންތައް ނައްތާލުމަކީ ގާނޫނީ ބޮޑު ކުށަކަށްވާތީ، އެކަމުން ސަލާމަތްވެ ތިއްބެވުމަށް ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނާއި ރައްޔިތުން ތިއްބެވުމަށް އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިއާ އަހުމަދުދީދީ ވިދާޅުވެއްޖެއެވެ.

އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އޮފީހުގެ ޕްރެސް ރޫމްގައި އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިއާ އެގޮތަށް ވިދާޅުވީ ދައުލަތުގެ ބައެއް އިދާރާތަކުގައި ހުރި ލިޔެކިޔުންތަށް ނައްތާލަމުންދާކަމަށް ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެންނެވެ. 

"އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ވާހަކަތަކެއް އެބައިވިގެންދޭ. ސަރުކާރުގެ އެކިއެކި އޮފީސްތަކުގެ ލިޔުންތައް ނައްތާލާ ވާހަކަ އިވެމުންދޭ. މިއީ ވަރަށް ބޮޑެތި ޖިނާއީ ކުށް ކަން އެކުރައްވާ ބޭފުޅުންނަށް އެބަ އެނގެންޖެހޭ. އަދި އަޅުގަނޑުމެން އިލްތިމާސް ދަންނަވަން ތިއިން އެއްވެސް ބޭފުޅަކު އެއިން އޮފީހެއްގައި އުޅުއްވާ ކަމަށްވާނަމަ، ތިބޭފުޅުން ފޯނުގެ ޒަރީއާއިން ވިޔަސް އަދި އެނޫން ގޮތަކަށްވިޔަސް، ފޮޓޯ ނަންގަވައި، ވީޑިއޯ ކުރައްވައި، އަދި އެނޫންވެސް ގޮތްގޮތަށް ލިބޭ ހެކިތައް ބަހައްޓަވާށޭ. ލިޔެކިޔުންތައް ނައްތާލުމުގައި ބައިވެރި ނުވުމަށް އިލްތިމާސް ދަންނަވަން....އަދި ލިޔެކިޔުންތައް ނައްތާލަމުންދާނަމަ، އެކަން ހުށަހެޅުއްވުމަށްވެސް ދަންނަވަން،" މާރިއާ ވިދާޅުވިއެވެ.

މާރިއާ ވިދާޅުވީ ވެރިކަން ބަދަލުވުމުގެ މަރުހަލާއާބެހޭ ގާނޫނުގެ ދަށުން ކުރަންޖެހޭ ކަންކަން ކުރުމުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ. 

މާރިއާ ވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހުއަށް ވޯޓު ދެއްވައި ގައުމު އިސްލާހު ކުރަމުންދާ މަސައްކަތަށް ތާއީދު ކުރައްވައި ވޯޓު ދެއްވީތީ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް