ކ. މާލެ
|
15 އޮކްޓޯބަރ 2018 | ހޯމަ 14:25
އަހްމަދު މަހްލޫފް: މިހާރު ވަނީ މިނިވަން ކޮށްފައި
އަހްމަދު މަހްލޫފް: މިހާރު ވަނީ މިނިވަން ކޮށްފައި
ރާއްޖެއެމްވީ
މެމްބަރު އަހުމަދު މަހްލޫފް
މަހްލޫފް މިނިވަންކޮށްފި
މަހްލޫފް ބަންދުކޮށްފައި ހުރީ އުފުލިފައިވާ ޓެރަރިޒަމްގެ ދައުވާގެ މައްސަލަ ނިމެންދެން
ޓެރަރިޒަމްގެ މައްސަލައާ މެދު ގޮތެއް ނިންމާނީ ބުރާސްފަތި ދުވަހު
މަހްލޫފް ދޫކޮށްލީ ހެއްކަށް ނުފޫޒް ފޯރުވަން ކަމެއް ކޮށްފައި ނުވާތީ

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް އެއްވެސް ޝަރުތަކާ ނުލައި ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ

ޓެރަރިޒަމްގެ ދައުވާ އާއި ގުޅިގެން ޝަރީއަތް ނިމެންދެން މިދިޔަ އެޕްރީލު މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ބަންދުކޮށްފައިވާ މަހުލޫފު މިހާތަނާއި ޖެހެންދެން ހުންނެވީ ގޭ ބަންދުގައެވެ.

ޝަރީއަތް ނިމެންދެން މަހުލޫފު ބަންދު ކުރަން އަމުރުކޮށްފައި ވަނީ ފެބުރުއަރީ މަހުގެ ތިން ވަނަ ދުވަހު މާފުށީ ޖަލު ކައިރީގައި މުޒާހަރާ ކުރި މައްސަލާގައި ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ އާއި ގުޅިގެންނެވެ.

އެއްވެސް ޝަރުތަކާ ނުލައި މަހްލޫފް ދޫކޮށްލުމަށް އަމުރުކުރީ، ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ މައްސަލައިގެ ދައުވާ އާ ގުޅިގެން އަންގާރަ ދުވަހު ބޭއްވި ޝަރީއަތުގައި، މަހްލޫފްގެ ބަންދުގެ މުއްދަތު ރިވިއު ކޮށްދިނުމަށް އޭނާގެ ވަކީލުން ހޯމަ ދުވަހު ހުށަހަޅާފައި ވާތީއެވެ.

އަންގާރަ ދުވަހު އޮތް ޝަރީއަތުގެ އަޑުއެހުމުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވިދާޅުވީ މަހްލޫފް މިހާތަނަށް ބަންދުގައި ބެހެއްޓީ ހެއްކަށް ނުފޫޒު ފޯރުވަފާނެތީ ކަމަށާއި އެކަމަކު އެ މުއްދަތުގައި އެފަދަ ކަމެއް އޭނާ ނުކުރައްވާ ކަމަށެވެ. މަހްލޫފަށް ކުރާ ޓެރަރިޒަމްގެ މައްސަލައިގެ ދައުވާއާ މެދު ގޮތެއް ނިންމަން ގާޒީ އަލީ އާދަމް ކަނޑައެޅުއްވީ އަންނަ ބުރާސްފަތި ދުވަހު އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
25 ސެޕްޓެންބަރ 2018 | އަންގާރަ 10:29
Sol
Alhamdulillahi