ކ. މާލެ
|
14 އޮކްޓޯބަރ 2018 | އާދީއްތަ 21:25
ނަވާޒު އާއި އިބޫ އަދި ސިއްރު ފުލުހުންގެ ކުރީގެ ވެރިޔާ މުހައްމަދު ހަމީދު
ނަވާޒު އާއި އިބޫ އަދި ސިއްރު ފުލުހުންގެ ކުރީގެ ވެރިޔާ މުހައްމަދު ހަމީދު
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް އިބޫއާ ބައްދަލުކުރައްވައިފި
ސަރުކާރު ބަދަލުވުން ގެންދަން ބޭނުން ވަނީ އޮމާން ކަމާއެކު

އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒު، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)އާ ބައްދަލުކުރައްވައިފި އެވެ. 

އާދީއްތަ ދުވަހު ބޭއްވި ތާރީޚީ އިންތިހާބު އިބޫ ކާމިޔާބު ކުރެއްވުމަށް ފަހު، ނަވާޒު އިބޫގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވާފައި ވާއިރު، މާރިޔާ ވިދާޅުވީ ޗީފް އޮފް ޑިފެންސް ފޯސް ވެސް ކުރި އަށް މި އޮތް ދުވަސްތަކު ގައި އިބޫއާ ބައްދަލު ކުރައްވާނެ ކަމަށެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހްމަދު ޝިޔާމް، އިބޫއާ ބައްދަލުކުރެއްވުން ލަސްވެގެން ދަނީ ކީއްވެގެން ކަމެއް މާރިޔާ ވިދާޅެއް ނުވެ އެވެ. 

2008 ވަނަ އަހަރު ވެސް ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް އިންތިހާބުވެ ވަޑައިގެންނެވި އިރު، އެކި މުއައްސަސާތަކުގެ ވެރިން ބައްދަލުކުރެއްވި ކަމަށެވެ. ސަރުކާރު ބަދަލުވުމުގެ މަރުހަލާ ވީހާ ވެސް އޮމާންކަމާއެކު ގެންދަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހޯމަ ދުވަހުގެ ހެނދުނު ރައީސް އަބްދުﷲ ޔާމީން ވަނީ އިބޫއާ ރައީސް އޮފީހުގައި ބައްދަލު ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
25 ސެޕްޓެންބަރ 2018 | އަންގާރަ 10:42
ހަނދާން ނެތުނީބާ
ހަނދާން ނެތުނީބާ