ކ. މާލެ
|
25 ސެޕްޓެންބަރ 2018 | އަންގާރަ 15:18
ހައްޔަރު ކުރުމުގެ ކުރިން އަމީޒު ރާއްޖެޓީވީއަށް އިންޓަވިއު ދެއްވަނީ: އޭނާ ހައްޔަރު ކުރީ ކޯޓުގެ އިސް ނެގުމަށް ބަލާ މައްސަލައަކާ ގުޅިގެން
ހައްޔަރު ކުރުމުގެ ކުރިން އަމީޒު ރާއްޖެޓީވީއަށް އިންޓަވިއު ދެއްވަނީ: އޭނާ ހައްޔަރު ކުރީ ކޯޓުގެ އިސް ނެގުމަށް ބަލާ މައްސަލައަކާ ގުޅިގެން
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ހައްޔަރުކޮށްފައިވާ އަމީޒުގެ ބަސް: އަޅުގަނޑު ހުއްޓުވުނަސް، ހިތްވަރެއް ނުހުއްޓުވޭނެ
ފިއްތަން ކުރާ މަސައްކަތެއް ކާމިޔާބު ނުވާނެ ކަމަށް ވިދާޅުވި

އޭނާ ހައްޔަރުކޮށްފައި ހުއްޓަސް، އޭނާގެ ހިތްވަރެއް ނުހުއްޓުވޭނެ ކަމަށް ހައްޔަރުކޮށްފައިވާ ވިލިނގިލީ ދާއިރާގެ އެމްޑީޕީ ނައިބު ރައީސް އަމީޒު ހަސަން ވިދާޅުވެއްޖެއެވެ.

މިދިޔަ އާދީއްތަ ދުވަހު ވިލިނގިއްޔަށް ވަޑައިގެން، ވޯޓުލާ މަރުކަޒުގައި ހުންނަވަނިކޮށް، ހައްޔަރުކުރި އަމީޒު، މިދިޔަ ހޮނިހިރު ދުވަހު ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މި ވަގުތަކީ ނާޒުކު ވަގުތެއް ކަމަށާއި މިވަގުތު ނުކުރި ހިތްވަރެއް ފަހުން ނުކުރެވޭނެ ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންނަށް ސަރުކާރުން ޖައްސާފައިވާ ހާލަތާ ގުޅިގެން އަޑު އުފުލައި، ވާހަކަ ދައްކަމުންދާތީ އޭނާއަށް ފިއްތުންތަކެއް ކުރިމަތި ކުރަމުންދާ ކަމަށާއި ނަމަވެސް ވިލިނގިލީ ރައްޔިތުންނާއެކު ކުރަމުންދާ މަސައްކަތުގައި ދެމިހުންނާނެ ކަމަށެވެ.

"އަޅުގަނޑު މިއަދު ހުއްޓުވިދާނެ. މިހާރު މިހުރީ ހުއްޓުވިފަ. އެހެން ނަމަވެސް އަޅުގަނޑުގެ ނަފްސެއް ނުހުއްޓުވޭނެ. އަޅުގަނޑުގެ ސިކުނޑިއެއް ނުހުއްޓުވޭނެ. އަޅުގަނޑުގެ ހިތްވަރެއް ނުހުއްޓުވޭނެ،" އަމީޒު ވިދާޅުވިއެވެ.

އަމީޒު ހައްޔަރުކޮށްފައި ވަނީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ އަމިއްލަ އިސް ނެގުމަކަށް ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ. އެ ކޯޓުން ނެރުނު އަމުރާ އެކު، އޭނާ ހައްޔަރު ކުރީ އާދީއްތަ ދުވަހު ވޯޓުލުމަށް ގދ. ތިނަދޫއިން ފުރައިގެން، ގއ. ވިލިނގިއްޔަށް ގޮސް، ވޯޓު ކަރުދާސް ހިފައިގެން ވޯޓުލާން އުޅެނިކޮށެވެ.

ޕީޕީއެމަށް ތާއިދު ބޮޑު ވިލިނގިލިން ވެސް ރިޔާސީ އިންތިހާބުގައި ބޮޑު ފަރަގަކުން، ރައީސް އަބްދުﷲ ޔާމިންގެ މައްޗަށް ވަނީ ކުރި ހޯދާފައެވެ. އެގޮތުން އެ ރަށުގައި ބެހެއްޓި ތިން ފޮށިން ވެސް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް ވަނީ 55 ޕަސެންޓް ވޯޓު ދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް