ކ. މާލެ
|
14 އޮކްޓޯބަރ 2018 | އާދީއްތަ 21:36
ކޮލަމާފުށިން ހައްޔަރު ކުރި ބައެއް މީހުން
ކޮލަމާފުށިން ހައްޔަރު ކުރި ބައެއް މީހުން
ފޭސްބުކް
ކޮލަމާފުށީގެ ހަމަނުޖެހުން
ކޮލަމާފުށިން ހައްޔަރުކުރި 18 މީހުން ދޫކޮށްލައިފި
އެ މީހުން ހައްޔަރުކުރީ ޕީޕީއެމްގެ ޖަހަގައަށް ގެއްލުން ދިން ކަމަށް ބުނެ

ގއ. ކޮލަމާފުށިން ހައްޔަރުކުރި 18 މީހުން ކޯޓުން ދޫކޮށްލައިފިއެވެ. 

އެ 18 މީހުން ދޫކޮށްލާފައި ވަނީ ގއ. ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުންނެވެ. 

ޕީޕީއެމް. ގެ ޖަގަހަ އަށް ގެއްލުންދިން ކަމަށް ބުނެ ހައްޔަރުކޮށް 15 ދުވަހަށް ބަންދުގެ މުއްދަތު ޖަހާފައިވާ ގއ. ކޮލަމާފުށީ 18 މީހުންގެ ބަންދުގެ އަމުރު މުރާޖައާ ކޮށްދެއްވުން އެދި އެމީހުންގެ ގާނޫނީ ވަކީލުން އެދިފައި ވެއެވެ.

އެ މީހުން ހައްޔަރު ކޮށްފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ކޮލަމާފުށިންނެވެ.

ޖަގަހަ އަކަށް ގެއްލުންދިން ކަމަށް ބުނެ ގއ. ކޮލަމާފުށިން ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތު ޖަހާފައި ވަނީ ވަކީލުންގެ ހާޒިރުވުމަކާއި ނުލަ އެވެ. އަދި މުއްދަތުގެ މަޖިލީސް ކުރިއަށް ގެންގޮސްފައި ވަނީ ސިއްރު މަޖިލީހެއްގެ ގޮތުގައެވެ.

ހައްޔަރުކުރި މީހުންގެ މައްޗަށް ކޮށްފައި ވަނީ ޓެރަރިޒަމްގެ ތުހުމަތެވެ. ހައްޔަރުކުރި މީހުން ބަންދުކޮށްފައި ވަނީ ވިލިނގިލީ ޕޮލިސް ސްޓޭޝަންގައެވެ.

ގއ. ވިލިނގިލި މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ ކޯޓު އަމުރެއްގައި ބުނެފައި ވަނީ އޯގަސްޓް 29 ވަނަ ދުވަހު ހަވީރު 06:00 ހާކަން ހާއިރު ރަށުތެރޭގައި ހަމަ ނުޖެހުން ހިންގައި މުދަލަށް ގެއްލުންދީ މާރާމާރީ ހިންގި މަސައްލައިގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭތީ މައްސަލައި ގައި ހެކިބަސް ދިނުމަށް ތިބޭ މީހުންނަށް ނުފޫޒެއް ފޯރުވާފާނެ ކަމަށް ފެންނާތީ އާއި މުޖުމަތައުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ހައްޔަރު ކުރަން ބޭނުންވާ ކަމަށެވެ.

މި މީހުން ހައްޔަރު ކުރިއިރު، ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ހަމަލާ ދޭން މަސައްކަތްކުރި މީހާ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުބުރިކޮށްލަން ގޮވާލި ޕީޕީއެމްގެ އެކްޓިވިސްޓް ހައްޔަރެއް ނުކުރެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
25 ސެޕްޓެންބަރ 2018 | އަންގާރަ 08:44
އައިސް
މިމީޙުންގެ ވޯޓްކޮޅުދީބަލަ ޔާންޓެއަށް އޭނަ ހިތްހަމަޖައްސައިދޭންވާނެ