ކ. މާލެ
|
25 ސެޕްޓެންބަރ 2018 | އަންގާރަ 17:09
ބްރޯޑްކޮމްގެ މެމްބަރުން
ބްރޯޑްކޮމްގެ މެމްބަރުން
ރައީސް އޮފީސް
ރާއްޖެޓީވީގެ މައްސަލަ
ގައިދީންގެ ކޮންޓެންޓް ގެނެސްދިނުން މަނާކުރި މައްސަލައިގެ ބަޔާންތައް ބަދަލުކޮށްފި
މިއަދު ބޭއްވީ ތިން ވަނަ އަޑުއެހުން
ދައުލަތުން ބޭނުންވަނީ ބްރޯޑްކޮމްއިން ނިންމާފައިވާ ގޮތަށް އަމަލު ކުރަން
ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މައުލޫމާތު ހޯދުމާއި ލިބިގަތުމަކީ ގާނޫނުއަސާސީން ލިބިދޭ ހައްގެއް

ހުކުމް ތަންފީޒު ކުރުމުންދާމީހުންގެ އިންޓަރވިއު ބްރޯޑްކާސްޓް ކުރުން މަނާ ކަމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ސާރކިއުލާއެއް ނެރެފައިވާތީ ރާއްޖެޓީވީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ބަޔާންތައް ބަދަލުކޮށްފިއެވެ.

ރާއްޖެޓީވީގެ ގާނޫނީ ވަކީލު ނިޝާން އިބްރާހީމް ވިދާޅުވީ ރާއްޖެޓީވީން ދީފައިވާ ބަޔާނަށް ދައުލަތުގެ ފަރާތުން ރައްދު ދީފައިވާ ބަޔާނެއް ސިވިލް ކޯޓުން އަންގާރަ ދުވަހު ދީފައިވާ ކަމަށެވެ.

"މިއަދާ ހަމައަށް އައިރުގައި މައްސަލަ ހައްލު ނުވެގެން، ހައްލުވާނެ މަގެއް ނުފެނިގެން ޝަރީއަތަށް ފޮނުވައިގެން، ޝަރީއަތުގެ ތިންވަނަ އަޑުއެހުން މިއީ. މިއީ ދައުލަތުން ހުށަހަޅާ ރައްދު، ދައުލަތުން އަޅުގަނޑުމެން ހުށަހެޅި ހުށަހެޅުމަށް އިންކާރުކުރޭ،" ނިޝާން ވިދާޅުވިއެވެ.

ނިޝާން ވިދާޅުވީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މައުލޫމާތު ހޯދުމާއި ލިބިގަތުގެ ހައްގަކީ ގާނޫނުއަސާސީން ލިބިދޭ އަސާސީ ހައްގެއް ކަމަށެވެ.

"29 މެއި 2018 ވަނަ ދުވަހު ބްރޯޑްކާސްޓިންގ ކޮމިޝަނުން ވަނީ ވަކި ބައެއްގެ އިންޓަރވިއުތައް ބްރޯޑްކާސްޓުރުން މަނާކޮށް ސާރކިއުލާއެއް ނެރެފަ. އަޅުގަނޑުމެން މިގެންނަނީ އެފަރާތް ޕްރޮމޯޓް ކުރުމުގެ ގޮތުންނެއް ނޫން. އެއިރެއްގައި ހިނގަމުންދާ ކަންކަމުގެ މައުލޫމާތު އެންމެ ތާޒާކަންމަތީ އާއްމު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް ބްރޯޑްކާސްޓަރުން މަސައްކަތް ކުރަނީ. އެއީ ރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން މައުލޫމާތު ހާމަކުރުމާއި ލިބިގަތުމަތީ ހައްގެއް،" ނިޝާން ވިދާޅުވިއެވެ.

ރާއްޖެޓީވީން ވަނީ ހުކުމް ތަންފީޒު ކުރަމުންދާ މީހުން ދެނެގަންނާނެ ނުވަތަ އެނގޭނެ ގޮތެއް ނެތް ކަމަށްބުނެ ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ވެސް ސިޓީ ފޮނުވާފައެވެ.

ރާއްޖެޓީވީން ބުނެފައިވަނީ ގައިދީންގެ ދަފްތަރަށް އަންނަ ބަދަލުތައް ދެނެގަތުމަށް އަމަލު ކުރަންވީ ގޮތެއް ކަނޑައެޅިފައި ނެތް ކަމަށެވެ. އަދި މިހާތަނަށް ބެލި ބެލުމުން އެފަދަ މައުލޫމާތު ލިބޭނެ އެއްވެސް ގޮތެއް އޮތްކަން އެނގެން ނެތުމާއި، ކަމާބެހޭ ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ގައިދީންގެ އަޕްޑޭޓެޑް ލިސްޓެއް އާއްމުކޮށް ފެންނާނޭހެން ބަހައްޓާފައި ހުރިކަން އެނގެން ނެތްކަމަށް ރާއްޖެ ޓީވީގެ ސިޓީގައި ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް