ކ. މާލެ
|
14 އޮކްޓޯބަރ 2018 | އާދީއްތަ 21:30
މިނިވަން ކުރުމުން ކްރިމިނަލް ކޯޓުގެ ބޭރުގައި މީޑިއާ އަށް މައުލޫމާތު ދެއްވަނީ
މިނިވަން ކުރުމުން ކްރިމިނަލް ކޯޓުގެ ބޭރުގައި މީޑިއާ އަށް މައުލޫމާތު ދެއްވަނީ
މުހައްމަދު ޝަރުހާން
ރައްޔިތުންގެ މަޖިލިސް
އަޅުގަނޑަށް އޮތީ 19 އަހަރުގެ ހުކުމެއް ކުރަން ތައްޔާރުކޮށްފައި: އިލްހާމް
މިސަރުކާރުގައި ތިބެ އިދިކޮޅު ހެދީ ކަންތައްތައް ގޯސްކޮށް ހިނގާ ދިއުމުން
ގޮޅީގައި އޮންނަން ޖެހުމަކީ ފަސޭހަކަމެއް ނޫން

ވެރިކަން ބަދަލު ނުވި ނަމަ އޭނާއަށް އޮތީ 19 އަހަރުގެ ޖަލު ހުކުމެއް ކުރުމަށް ތައްޔާރަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަލުން މިނިވަންކުރުމާ އެކު ކްރިމިނަލް ކޯޓު ކުރިމަތީ ގައި މީޑިއާ އަށް ދިން އިންޓަވިއު ގައި އިލްހާމް ވިދާޅުވީ ދިވެހި ރައްޔިތުން ނޫނެކޭ ބުނެފި ކަމަށާއި ގާނޫނު އަސާސީ އާއި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަންތައްތައް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މިސަރުކާރު ގައި ތިބެ އިދިކޮޅު ހެދީ ކަންތައްތައް ގޯސްކޮށް ހިނގާ ދިއުމުން ކަމަށާއި ނިކުންނަން މަޖުބޫރުވީ އެހެންވެ ކަމަށް އިލްހާމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މަޖުބޫރުވީ ސަރުކާރަށް ނޯއޭ ބުނަން. 12 މެމްބަރުންނަށް އަޅުގަނޑުމެންނަށް ފަސޭހަ އެއް ނޫން ނޯއޭ ބުނަން. އެހެން ނަމަވެސް އަޅުގަނޑުމެން ނުކުމެގެން އަޅުގަނޑުމެން ރާއްޖެ އިން ބޭރުގަ ވަގުތުކޮޅެއް ހޭދަ ކުރުމަށް ފަހު ޖަލަށް އައީ ރެޑީވެގެން. އަޅުގަނޑުމެންނަށް އެނގޭ ޖަލަށް ލާނެކަން. ޝިނާނާއި އަޅުގަނޑުމެން ދެމީހުންނަށް އެންގި ޖަލަށް ލާނެކަން. ފްލައިޓުން ފޭބީ ވެސް ރެޑީވެގެން. ފޭބި އިރު ވެސް އަޅުގަނޑުމެންގެ އަތުގައި ފޯނެއް އެއްޗެއް ނޯންނާނެ. އަޅުގަނޑު މެންނަށް އެނގޭ ނަގާނެކަން. އަޅުގަނޑުމެން ގަބޫލު ކުރަނީ ރައްޔިތުންގެ ތެރެއިން ކޮންމެ ވެސް ބަޔަކު ނިކުންނަން ޖެހޭ މި އަނިޔާވެރިކަމާއި ދެކޮޅަށް. ޖަލަށްދާން އެބަޖެހޭ،" މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލްކެޝަންސް ކަމިޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިލްހާމް ވިދާޅުވިއެވެ.

އިލްހާމް ވިދާޅުވީ ގާތްގަޑަކަށް އަށް މަސް ގޮޅީގައި އޮންނަން ޖެހުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އެހެން ނަމަވެސް ކެތްކުރީ ރައްޔިތުންގެ ހައްގުގައި ކަމަށް ވިދާޅުވިއެވެ.

" ގަޑިއިރު ތަޅުލާފަ ގޮޅީގައި. ހަތަރުދަމު އޮންނަން ޖެހޭ. އެއީކީ ފަސޭހަކަމެއް ނޫން. އަށް މަސް ވަންދެން ގޮޅީތެރޭގައި އޮތުން. އެބޭފުޅުންނަށް އިހުސާސެއް ވެސް ނުކުރެވޭނެ ގޮޅީގައި އޮތް ހާލަތެއް. ތިރި ތައްޓަކާ އެކީ ވަރަށް ނިކަމެތި ހާލަތެއްގައި އެމީހުން އިންސާނާ ބާއްވާފައި އޮތީ. އެހެންވީމަ އެފަދަ ނިކަމެތި ހާލަތެއްގައި ކުރިމަތިލާން ޖެހިފައި އޮތްއިރު އަޅުގަނޑުމެން ކެތްކުރީ ގާނޫނު އަސާސީ އާއި ގާނޫނު ނެގެހެއްޓުމުގެ މަސައްކަތް ކުރަންޖެހޭ. އިސްލާމް ދީން ހިމާޔަތްކުރަންޖެހޭ. އިސްލާމް ދީނޭ ކިޔައިގެން އެމީހުންނަށް ވާހަކަ ދެއްކޭކަށް ނޯންނާނެ. ފުރަތަމަ އަމިއްލަފުޅަށް ނަމާދު ކުރަންވީ ނޫންތޯ," އިލްހާމް ވިދާޅުވިއެވެ.

އިލްހާމް ހައްޔަރުކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެންނެވެ. އޭނާގެ މައްޗަށް ވަނީ ގާނޫނީ ސަރުކާރު ގާނޫނާ ހިލާފަށް ވައްޓާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުކޮށް ޓެރަރިޒަމުގެ ދައުވާ އުފުލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
26 ސެޕްޓެންބަރ 2018 | ބުދަ 04:20
މަލީ
އެމްޑީޕީގެ މީހުންގެ އޯގާތެރިކަން މިއަދު އިލްހާމްއަށްވެސް ވިސްނޭނނެވެ. އިލްހާމްވެސް ކުރިން ހާދަ ހަޑި ހުތުރު ބަސްތައް ޕޯޑިއަމްތަކުގައި ބޭނުންކުރިއެވެ. މިއަދު އިލްހާމްއަށް ވިސްނޭނެނެވެ.
25 ސެޕްޓެންބަރ 2018 | އަންގާރަ 08:46
ޢަބްދުއލްޠީފް މުޙައްމަދު / ނ.ކ
އެއްވެސް މީހަކަށް ނުހައްގުން އަނިޔާއެއް ދިނުމަކީ އެއްވެސްމީހަކު ކޮށްގެންވާނެ ކަމެއް ނޫނެވެ.