ކ. މާލެ
|
15 އޮކްޓޯބަރ 2018 | ހޯމަ 17:11
މުލިއާގެ އިން ނެރުނު ތަކެތި ގުދަނަށް ވައްދަނީ
މުލިއާގެ އިން ނެރުނު ތަކެތި ގުދަނަށް ވައްދަނީ
ރާއްޖެއެމްވީ
ރައީސް ޔާމީން
މުލިއާގެ އިން ގެންދާ ތަކެއްޗަކީ ރައީސްގެ އަމިއްލަފުޅު ތަކެތި: ތަރުޖަމާން
ޤާނޫނާ ޚިލާފް އެއްވެސް އެއްޗެއް ނުހުންނާނެ ކަމަށް ވިދާޅުވި
ފަތުރަމުން ދަނީ ދޮގު ޚަބަރެއް ކަމަށް ވިދާޅުވި

މުލިއާގެ އިން ގެންދާ ބައެއް ތަކެއްޗަކީ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަފުޅު ދިރިއުޅުއްވުމު ގައި ބޭނުން ކުރައްވާ ތަކެތި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިންރާހީމް މުއާޒް އަލީ ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ކެމްޕެއިން ހަރަކާތްތަކެއް ހިންގާ ރޭވި، މުލިއާގެ އިން ގިނަ އަދަދެއްގެ ތަކެތި ނެރެގެން ފޮރުވި ކަމަށް ބުނެ، ގިނަ އަދަދެއްގެ ބަޔަކު ނުކުމެ، އެކަމާ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ހޯމަ ދުވަހުގެ ރޭ މުއާޒް ކުރައްވާފައިވާ ޓްވީޓްގައި ވަނީ ވޯޓުގެ ނަތީޖާ އާ އެއްގޮތަށް ވެރިކަން ހަވާލުކުރެއްވުމުގެ މަރުހަލާގައި މުލިއާގެއިން ގެންދާ ބައެއް ތަކެއްޗަކީ ރައީސްގެ އަމިއްލަފުޅު ދިރިއުޅުއްވުމު ގައި ބޭނުންކުރައްވާ ތަކެތި ކަމަށެވެ. އަދި ޤާނޫނާ ޚިލާފް އެއްވެސް އެއްޗެއް ނުހުންނާނެ ކަމަށާއި ފަތުރަނީ ދޮގު ޚަބަރު ކަމަށް މުއާޒް ވިދާޅުވިއެވެ.

މުލިއާގެ އިން ނެރުނު ތަކެތި ދެ ލޮރީއަށް އަރުވައިގެން ގެންގޮސް ވެއްދީ ރައީސުލްޖުމްހޫރިއްޔާގެ ގެކޮޅުގެ ވެހިކަލްތައް މަރާމާތު ކުރާ ތަނަކަށެވެ. އެގޮތުން ލިލީމަގުގައި ހުންނަ މުލިއާގެ މެއިންޓެއިނެންސް ސާވިސް އަށް ދެ ލޮރީއަކަށް އެއްޗެހިތަކެއް ބަރުކޮށްގެން ވެއްދި ކަމަށް މަންޒަރުދުއް މީހުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
25 ސެޕްޓެންބަރ 2018 | އަންގާރަ 12:37
Goas
Tharujamaanah sarukaaruge qawaaidh that neygeythee hairaaneh nuvey.