ކ. މާލެ
|
24 ސެޕްޓެންބަރ 2018 | ހޯމަ 21:35
އިންތިޚާބީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހް
އިންތިޚާބީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހް
މުހައްމަދު ޝަރުހާން
މޯދީގެ ކޯލް އިބޫއަށް
މޯދީގެ ކޯލް އިބޫއަށް: އިންޑިއާއަށް ވަޑައިގަތުމަށް ދައުވަތު އަރުއްވައިފި
އިންޑިއާއަށް ވަޑައިގަތުމަށް ދެއްވި ދައުވަތު އިބޫ ވަނީ ގަބޫލުފުޅު ކުރައްވާފައި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖޭގެ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޯނުން ގުޅުއްވާ މަރުހަބާ ވިދާޅުވެއްޖެއެވެ.

ބޮޑުވަޒީރު މޯދީ އެމަނިކުފާނަށް ފޯނުން ގުޅުއްވީ ހޯމަދުވަހުގެ ރޭ 7.15 ހާއިރުއެވެ. މޯދީ ވަނީ އިންތިޚާބީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހު މި އިންތިޚާބު ކާމިޔާބުކުރައްވާފައިވާތީ އިބޫއަށާއި ދިވެހި އެންމެހާ ރައްޔިތުންނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ބޮޑުވަޒީރު މޯދީ ވަނީ އިންޑިއާއަށް އެމަނިކުފާނު ވަޑައިގަތުމަށް ދައުވަތު ދެއްވާފައެވެ. އިބޫ ވަނީ މި ދައުވަތު ގަބޫލުފުޅުކުރައްވާ ކައިރި މުސްތަގުބަލެއްގައި އިންޑިއާއަށް ވަޑައިގަންނަވާނެކަމުގެ ޔަގީންކަން ބޮޑުވަޒީރު މޯދީއަށް ދެއްވާފައެވެ.

މޯދީގެ ވާހަކަފުޅުގައި އިންޑިއާއި ރާއްޖެއާއި ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ފާއިތުވި ދުވަސްތަކުގައި ހީނަރުވެފައިވާ ކަމަށާއި އަދި އިބޫގެ ވެރިކަމެއްގައި، އެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

އިބޫވަނީ އިންޑިއާއި ރާއްޖޭގެ ގުޅުން އެމަނިކުފާނުގެ ޒައާމަތުގައި ވަރުގަދަކުރައްވާ، އިންޑިއާއި އެކު އަލުން ގުޅުން ބަދަހިކުރައްވާނެކަމުގެ ޔަގީންކަން ބޮޑުވަޒީރު މޯދީއަށް ދެއްވާފައެވެ.

"ރާއްޖެ ޑިމޮކްރަސީ ކުރާ ދަތުރުގައި އަބަދު ވެސް އެހީތެރިކަން ފޯރު ކޮށްދެއެްވާ ކަމަށް ވިދާޅުވި. އަދި އިއްޔެގެ އިންތިޚާބުން ރާއްޖޭގެ ރައްޔިތުން ޑިމޮކްރަސީއަށް ބޭނުންވާ މިންވަރު ދައްކައިދީފި ކަމަށް ވިދާޅުވި. ގުޅިފައިމިވާ ކޮލިޝަން އެކީގައި މަސައްކަތްކުރުމުގެ މުހިއްމުކަމުގެ ވާހަކަ ދެންނެވި" އިބޫ ވިދާޅުވިއެވެ.

ރާއްޖޭގެ ތަރަށްގީއަށް ކޮންދެވެން އޮތްހުރިހާ ކަމެއްގައި އެހީތެރިވެދެއްވާނެ ކަމަށް ބޮޑުވަޒީރު މޯދީ ވިދާޅުވިއެެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
24 ސެޕްޓެންބަރ 2018 | ހޯމަ 17:10
emeehaa
dhaan jeheyyne knme gotehh hadhaaafa wess ? moadhi ae warahh rangalhu meeheh wiyya dhw d
24 ސެޕްޓެންބަރ 2018 | ހޯމަ 16:46
ގަލޮޅު މީހާ
Go go avahah dhey GMR in deal hamajessee kamah vaany airport vikkaalaa . Ladhun boahalaaku.