ކ. މާލެ
|
24 ސެޕްޓެންބަރ 2018 | ހޯމަ 17:48
ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް
ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް
މިހާރު
ރިޔާސި އިންތިޚާބު 2018
ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
ބައެއް ފަރާތްތައް މިއަދު ވަނީ ކޯޓަށް ހާޒިރުކޮށްފައި
ރާއްޖެއިން ބޭރުގައި ތިއްބެވި ސިޔާސީ ފަރާތްތައް ވަރަށް އަވަހަށް ރާއްޖެ ގެނެވޭނެ

ރާއްޖޭގައި ބަންދުގައި ނުހައްގުން ތިއްބެވި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީ އޮފީހުގައި ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވީ ރާއްޖޭގެ ޖަލުތަކު އާއި ނުހައްގުން ބަންދުގައި ތިބި ފަރާތްތަކަށް ދޫކޮށްލުމަށް ސަރުކާރާ އެކީގައި ދައްކަންޖެހޭ ވާހަކަތައް މިއަދު ދައްކަވައިފި ކަމަށެވެ.

"އަޅުގަނޑުމެންގެ މި ޓްރާންސްސިޝަންގެ ތެރޭގައި އެގޮތުން ރާއްޖޭން ބޭރުގައި ތިބި ހުރިހާ ފަރާތްތައް ރާއްޖެ ގެނެވޭނެ ގޮތާއި، އެ ހުރިހާ ކަމެއް ހަމަޖެހިގެންދާނެ. އަދި ބަންދުގައި ތިއްބެވި ފަރާތްތައް ދޫކޮށްލެއްވުމަށް ރައީސް ޔާމީނަށް ދަންނަވައިފިން. އެ މަސައްކަތް އިރާދަކުރެއްވިއްޔާ ފެށިއްޖެ،" ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް މިހެން ވިދާޅުވެފައިވާއިރު ރައީސް އަބްދުﷲ ޔާމީނާއި އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ހެދުނު 11 ޖެހިއިރުވަނީ ރައީސް އޮފީހުގައި ވަނީ ބައްދަލުކުރައްވާފައެވެ. ބައި ގަޑިއެއްހާއިރު ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ

ރައީސް ޔާމީންގެ ސަރުކާުރުގައި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ އާއި، ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އާއި ގިނަ ސިޔާސ ބޭފުޅުން މި ވަގުތު ތިއްބެވީ ޖަލުގައެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުންގެ ބަންދާ މެދު ގޮތެއް ނިންމުމުގެ ޝަރީއަތްތައް މިހާރު ވަނީ ފަށާފައެވެ. 

އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން 58 ޕަސެންޓުން އިބޫ ވަނީ އިންތިހާބު ކާމިޔާބުކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
25 ސެޕްޓެންބަރ 2018 | އަންގާރަ 01:29
ކަޅިރަވަ
ސިޔާސީ ކުށްވެރިންނޭ ކިޔައިގެން ނަޝީދު އަދި އަދީބު ދޫކޮށްލެވިގެން ނުވާނެ. މިހުރީ ތިޔަކަންކަން ހިނގާގޮތް ބަލަން. އހ
24 ސެޕްޓެންބަރ 2018 | ހޯމަ 14:02
Pis pis
Jaluga thibey ehen gaidheenge anbinnaa dharinnaa mainnaa bafainnaa aailaa noaveytha?...ehbayaku dhookollaafa nikamethi aneh bayaku dhookoh nuleema rayyithunnaa dheytherey visnaa varu rangalhah eba haamavey...dhookuranyaa jalu ekkoh dhookollaa...huskollaa...insaafun kanthah kohbala....mashhooru meehaa ah molhugoiy hoadhadhey raeesaku beynumehnoon..abadhuves amilla faidhaa ah ulhey baeh....amilla beynun feshuneema v nu rayyithun salaamaiy nuvias dhoa....