ކ. މާލެ
|
24 ސެޕްޓެންބަރ 2018 | ހޯމަ 16:53
އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް
އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް
ފާތިމަތު ޝަނާ މުހައްމަދު
ރިޔާސި އިންތިޚާބު 2018
ރައީސް ނަޝީދު ދިވެހިރައްޔިތުންނާ ވަރަށް އަވަހަށް ބައްދަލުކުރައްވާނެ: ހަސަން ލަތީފް
ސަރުކާރާއި ހަވާލުވެލެއްވުމުގެ މަޝްވަރާތައް މިއަދު ފެށިގެންދާނެ
ބޭރު ޤައުމުތަކުގައި ތިއްބެވި އެހެނިހެން ސިޔާސީ ވެރިން ވެސް ޤައުމަށް ގެނައުމުގެ މަސައްކަތް ކުރެވޭނެ
އިންތިޚާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ

ރައީސް ނަޝީދު ދިވެހިރައްޔިތުންނާ ވަރަށް އަވަހަށް ބައްދަލުކުރައްވާނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވީ އިންތިޚާބީ ރައީސް ސަރުކާރާ ހަވާލުވެވަޑައިގަތުމުގެ ކުރިން މަޝްވަރާތައް މިއަދު ފެށިގެންދާނެ ކަމަށާއި، އަދި އެ މަޝްވަރާތަކުގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވީހާ ވެސް އަވަހަކަށް ރާއްޖެ ގެންނަން ކުރަންޖެހޭ މަޝްވަރާކުރެވޭނެ ކަމަށެވެ. އަދި އެކަމާ ގުޅޭ މަޝްވަރާތައް ފެށިފައިވާ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ އިންތިޚާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

”އަޅުގަނޑުމެން އެދެނީ މާދަން ވެސް އަދި މިއަދު ވެސް ރައީސް ނަޝީދު އަޅުގަނޑުމެންނާ އެކީގައި ހުންނެވުން. ރައީސް ޔާމީނަށް އެކަން ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތް. އެހެންވީމަ އަޅުގަނޑުމެން އެދެމުން ވެސް ދާނަން. އަދި ރައީސް ޔާމީނަށް ދަންނަވަމުން ވެސް ދާނަން. ރައީސް ނަޝީދު ވެސް މިނިވަންކޮށް ދެއްވުމަށް އަދި އެހެން ބޭފުޅުން ވެސް މިނިވަންކޮށް ދެއްވުމަށް،" ހަސަން ލަތީފް ވިދާޅުވިއެވެ.

 

ރައީސް ޔާމީންގެ ސަރުކާރުން 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ރައީސް ނަޝީދު ބޭސްފަރުވާއަކަށް އިނގިރޭސިވިލާތަށް ވަޑައިގެންނެވި ގޮތަށް އެ މަނިކުފާނު ދިރިއުޅުއްވަމުން ގެންދަވަނީ އިނގިރޭސިވިލާތުގައެވެ. އިނގިރޭސި ވިލާތުގައި ދިރިއުޅުއްވަމުން ގެންދެވި ނަމަވެސް ގިނައިން އަވަށްޓެރި ސްރީލަންކާއަށް ވަޑައިގެން ރާއްޖޭގައި ސިޔާސީ ފަރާތްތަކާ ބައްދަލުކުރައްވައި ރާއްޖެ އިސްލާހީ މަގަށް ގެނައުމަށް ގެންނަންޖެހޭ މަސައްކަތްތައް އެ މަނިކުފާނުވަނީ ކުރައްވާފައެވެ. 

ރައީސް ނަޝީދުގެ އިތުރުން ޖަލު ހުކުމެއް އިއްވާފައިވާ ޖޭޕީގެ ބާނީ ގާސިމް އިބްރާހީމާއި ގައުމުން ބޭރުގައި މި ވަގުތު ތިއްބެވި އެހެން ސިޔާސީ ބޭފުޅުން ވެސް ގައުމަށް ވަޑައިގަންނަވާނެ ކަމަށް ހަސަން ވިދާޅުވިއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
25 ސެޕްޓެންބަރ 2018 | އަންގާރަ 04:37
amir
gaumah heyo edeneenama den madunn hunavaa nasheed angabodukamun verikamun faibaan jehunee
24 ސެޕްޓެންބަރ 2018 | ހޯމަ 17:32
ގޮޅާ
I did not vote to get Anni here again.. he is history, so keep him as that. This is a new page and we dont want him. Respect our vote for Ibu. If not prepare to change again..
24 ސެޕްޓެންބަރ 2018 | ހޯމަ 16:24
ކޮންމެހެން
ކޮންމެހެން މިދުވަސްކޮޅު ގެންނާނެކަމެެއްނެތް
24 ސެޕްޓެންބަރ 2018 | ހޯމަ 15:33
ހަސަން
ކޮބާ ބުރޯ
24 ސެޕްޓެންބަރ 2018 | ހޯމަ 14:43
ހުވަދޫ
mi raajjey ge dhuvas dhen mi dhiya ee