ކ. މާލެ
|
24 ސެޕްޓެންބަރ 2018 | ހޯމަ 17:06
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
ރައީސް އޮފީސް ޓްވިޓާ
ރިޔާސީ އިންތިޚާބު 2018
މިވެރިކަމުގައި ޒުވާނުންނަށް ބޭނުންވާ ހުރިހާ ކަމެއް ހަމަޖައްސައިދިން: ރައީސް ޔާމީން
ވެރިކަމާ ހަވާލުވިއިރު ޒުވާނުންނަކީ ހާވާސާއިން ބޭރުގައި ތިބި ބައެއް، ނަމަވެސް މިއަދު ވަނީ އެ ޒުވާނުން ބާރުވެރިކޮށްފައި
ޒުވާނުން ބޭނުންވާ އެތައް ކަމެއް އެބަހުރި، މަސައްކަތް ކުރީ އެޒުވާނުންގެ ބޭނުންތައް ފުއްދައިދޭން

މި ވެރިކަމުގައި ޒުވާނުންނަށް ބޭނުންވާ ހުރިހާ ކަމެއް ހަމަޖައްސައިދިން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ބަލި ގަބޫލުކުރައްވައި ފުރަތަމަ ފަހަރަށް ގައުމާ މުޚާތަބުކުރައްވާ ރައީސް ޔާމީން ވިދާޅުވީ ވެރިކަމާއި ހަވާލުވިއިރު ޒުވާނުންނަކީ ހާވާސާ އިން ބޭރުގައި ތިބި ބައެއް ކަމަށާއި، ނަމަވެސް މިއަދު އެޒުވާނުން ބާރުވެރިކޮށްފައިވާ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ޒުވާނުން ބޭނުންވާ އެތައް ކަމެއް ހުރި ކަމަށާއި، މަސައްކަތް ކުރީ އެޒުވާނުންގެ ބޭނުންތައް ފުއްދައިދޭން ކަމަށެވެ. ޒުވާނުން ބޭނުންވަނީ ކުޅިވަރު ކުޅޭނެ ތަންތަން އެކަނި ނޫން ކަމަށާއި، މިމުޖުތަމައުގައި ދިރިއުޅޭއިރު ކަރާމަތްތެރިކަމާ އެކު އުޅޭ މަގު ތަނަވަސް ކޮށްދީފައިވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

މިއަދު ޒުވާނުންނަށް ކުރިމަތިކުރުވެފައިވާ މައްސަލައަކީ ބޯހިޔާވަހިކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ އެޒުވާނުންގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތްކުރި ކަމަށާއި، މިހާރު ވެސް ގިނަ މަޝްރޫއުތައް ކުރިއަށްދާ ކަމަށެވެ. އަދި އުންމީދު ކުރައްވަނީ ދެން އަންނަ ވެރިކަމުގައި މިމަޝްރޫއުތައް ކުރިއަށް ގެންދެވި ޒުވާނުންގެ ބޭނުންތައް ފުދިގެންދާނެ ކަމަށެވެ.

"ޒުވާނުންނަކީ ގިންތިއެއްގެ ގޮތުގައި އުޅޭ ބައެއް ކަން ދަންނަ ސަރުކާރެއް އޭގެ ކުރިން އޮތް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ޒުވާނުންގެ ބޭނުންތައް ބައިވަރު. އޭގެ ނަތީޖާއަކަށްވީ އިރާދަކުއްރެއްވިޔާ އަޅުގަނޑުމެން ސަރުކާރުގައި ކަންކަން ހަމައަކަށް އެޅުމަށް ފަހު ޒުވާނުން ކުށްކުރާލެއް މަދުވެގެންދިއުން،"ރައީސް ޔާމީން ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
24 ސެޕްޓެންބަރ 2018 | ހޯމަ 18:53
Ok noon
Thiey massala aky. Zuvaanun beynunhaa kameh kohdheykah nujeheyne. Zuvaanun beynunvaa varah baaru dheefa. . Emeehunge jeebah polihin laafa. Adhi nuvee thaakah masthuvaa thakethi beynun varakah libifa.. sakaraaiy dhoa eyrun.