ކ. މާލެ
|
24 ސެޕްޓެންބަރ 2018 | ހޯމަ 16:10
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
ގޫގުލް
ރިޔާސީ އިންތިޚާބު 2018
މި މުޖުމަތަމައުގައި ދިމާވި އެންމެ ބޮޑު މައްސަލައަކީ މީހުންގެ އަބުރު ކަތިލުން: ރައީސް ޔާމީން
މަސައްކަތްކުރީ ދިވެހިންނަށް އަބުރުވެރި ދިރިއުޅުމެއް ހޯދައިދެން
ކޮންމެ މީހެއްގެ އަބުރާއި، އިއްޒަތަކީ ވެސް ސަލާމަތުން ރައްކާތެރިކަމާ އެކު އޮންނަން ވާނެ އެއްޗެއް

މި މުޖުމަތަމައުގައި ދިމާވި އެންމެ ބޮޑު މައްސަލައަކީ އެއްވެސް ކަހަލަ އަސާސެއް ނެތި މީހުންގެ އަބުރު ކަތިލަމުން ދިޔަ މައްސަލަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ބަލި ގަބޫލުކުރައްވައި ފުރަތަމަ ފަހަރަށް ގައުމާ މުޚާތަބު ކުރައްވާ ވިދާޅުވީ އެއްވެސް ކަހަލަ ތެދެއް ނެތި ހަގީގަތާ ހިލާފު ވާހަކަތައް ފެތުރި މައްސަލައަކީ މިހާތަނަށް ހިނގަމުން އައި އެންމެ ބޮޑު އެއް މައްސަލަ ކަމަށެވެ. ނަމަވެސް ވެރިކަމުގައި މިކަމަށް ހައްލު ގެނެވިފައިވާ ކަމަށް އުންމީދުކުރާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. 

"މިއީ ހަމަ ގައުމުގެ ކޮންމެ ރައްޔިތެއްގެ ހައްގެއް. މިކަންކަން ހައްލު ކުރެވޭތޯ އަޅުގަނޑު މަސައްކަތްތަކެއް ކުރިން. އަޅުގަނޑަކަށް ފާޑުކިޔުންތައް އެކަމުގައި ރައްދުވިޔަސް އިރާދަކުރެއްވިޔާ ގިނަ ބަޔަކު ގަބޫލުކުރާ ގޮތަށް މިހާރު އެކަންކަން އެވަނީ ތަރުތީބު ކުރެވިފައި،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ކޮންމެ މީހެއްގެ އަބުރާއި، އިއްޒަތަކީ ވެސް ސަލާމަތުން ރައްކާތެރިކަމާ އެކު އޮންނަންވާނެ އެއްޗެއް ކަމަށާއި، އަބުރުވެރިކަން ދަމަހައްޓަން ޖެހޭ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ވެރިކަމާއި ހަވާލުވި އިރު ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާ ކަމަށާއި، މަސައްކަތްކުރީ ދިވެހިންނަށް އަބުރުވެރި ދިރިއުޅުމެއް ހޯދައިދެން ކަމަށެވެ. އަދި ގިނަ މައްސަލަތަކަށް ހައްލު ހޯދައިދެވިފައިވާ ކަމަށް އުންމީދުކުރާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
24 ސެޕްޓެންބަރ 2018 | ހޯމަ 11:28
އަބްދުﷲ
ތިޔަބުނާ އަބުރު އެންމެ ގިނައިން ކަތިލި މީހުންގެ ތެރޭގައި ހިމެނެނީ ހަމަ މަނިކުފާނުގެ އަރިސް ބޭފުޅުން. ފުދޭވަރަކަށް ކާލައިގެން ތިބެނީވެސް. އެކަމު ހަންޖަރު ތޫނު ކުރަނީ ކުދިވެރިން ކޮޅެއް. ވަރަށް ތޫނު ކޮށްލާ ތިޔަބުނާ އަބުރެއް ކަތިލަން އެ ގެންގުޅޭ އެއްޗެއް. ހަންޖަރަކާވެސް ވައްތަރު. އަބުރު ދިގު މީހުންނަށް ޙާއްސަ އެއްޗެއް ވެސް ގެންގުޅޭ. އަބުރު ފަލަ މީހުންގެ ކަތިލަނީ ތިނޯހަކުން. ކޮއްޕާލީމަ ފަޅައިގެން ދޭވިއްޔާ. ބެލޫންއެއް ހެން. އަބުރުގަ ދަބަރު ޖަހާފަ ތިބި ބައެއްގެ އަބުރު ކަތިލިތަން ވެސް މި ނޭފާތުން ދުވި. ހިލަކަރުދާހުން ގޭނި ގޭނީނުން މުޅި ނޭފަތް ފުރާލީ ދަބަރު ކުނޑިން ވިއްޔާ.