ކ. މާލެ
|
24 ސެޕްޓެންބަރ 2018 | ހޯމަ 16:01
ކާނަލް މުހައްމަދު ނަޝީދު
ކާނަލް މުހައްމަދު ނަޝީދު
ޓްވިޓަރ
ރިޔާސީ އިންތިހާބު 2018
ސަރުކާރު ކޯލިޝަން ޕާޓީ ޑީއާރުޕީން އިބޫއަށް މަރުހަބާ ދަންނަވައިފި
ޑީއާރުޕީން ހަމައެކަނި ފެންނަ ބޭފުޅަކީ ކާނަލް ނަޝީދު

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޑީއާރުޕީން އިންތިހާބީ ރައީސް, އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އަށާއި އެމަނިކުފާނުގެ ރަނިންގ މޭޓް ފައިސަލް ނަސީމްއަށް މަރުހަބާ ދަންނަވައިފިއެވެ.

ހޯމަ ދުވަހު ޑީއާރުޕީން ކޮށްފައިވާ ޓްވީޓެއްގައި ވަނީ އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ކަމިޔާބު ކުރެއްވި އިބޫއަށާއި އިބޫގެ ރަނިންގ މޭޓް ފައިސަލް ނަސީމް އަށް، ކުރިއަށް އޮތް ފަސް އަހަރުގެ ރިޔާސީ ދައުރުގެ ހެޔޮއެދުމާއި ތަހުނިޔާ ދަންނަވާ ކަމަށެވެ.

 

ޑީއާރުޕީގެ ލީޑަރަކީ މުހައްމަދު ނަޝީދު (ކާނަލް) އެވެ. ސަރުކާރާ އެކު ޑީއާރުޕީން ކޯލިޝަން ހަދާފައިވީ ނަމަވެސް ސަރުކާރުގެ ތެރޭގައި ޑީއާރުޕީގެ ރޯލެއް މާބޮޑަކަށް ނުފެނެއެވެ. އަދި ޑީއާރުޕީން ފެންނަމުންދަނީ ވެސް ނަޝީދު އެކަންޏެވެ. 

މިސަރުކާރުން ވަނީ ރާއްޖެ އިން ތައިލެންޑަށް ކަނޑައަޅުއްވާފައިވާ ސަފީރުކަމުގެ މަގާމަށް ނަޝީދު ހަމަޖައްސަވާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް