ކ. މާލެ
|
10 އޮކްޓޯބަރ 2018 | ބުދަ 21:50
ިޔާސީ އިންތިޚާބަކީ ވަރަށް ފުރިހަމައަށް ދިޔަ އިންތިޚާބެއްކަމަށް ރައީސް ޔާމިން ވިދާލުވި
ިޔާސީ އިންތިޚާބަކީ ވަރަށް ފުރިހަމައަށް ދިޔަ އިންތިޚާބެއްކަމަށް ރައީސް ޔާމިން ވިދާލުވި
ޕީޕަލް މެގަޒިން
ރިޔާސީ ރޭސް 2018
ރައްޔިތުން ގޮތެއް ނިންމައިފި، އަޅުގަނޑު އެގޮތް ގަބޫލު ކޮށްފިން: ރައީސް ޔާމިން
ރައްޔިތުންނަށް ބުރައަކަށް ވެވަޑައިގަންނަވަން ބޭނުފުޅުންވެ ވަޑައި ނުގަންނަވާ ކަމަށް ރައީސް ޔާމީން ވިދާޅުވި
އިބްރާހިމް މުހައްމަދު ސޯލިހްއަށް ހޯމަ ދުވަހު ތަހްނިޔާ ވިދާޅުވިން: ރައީސް ޔާމިން

ދިވެހިރާއްޖޭގެ ރައްޔިތުންގެ ކުރިމަގާ މެދު ގޮތެއް ނިންމައިފި ކަމަށާއި އެ ނިންމުން އެ މަނިކުފާނު ގަބޫލު ކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓުން ބަލިވެ ވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް ގައުމާ މުޚާތަބުކޮށް ވާހަކަ ދައްކަވައި ރައީސް ޔާމީން ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމުގައި ވަރަށް ގިނަ ކަންތައްތައް ކޮށްދެއްވި ކަމަށާއި އެ ޚިދުމަތްތަކާ މެދު ރައްޔިތުން ބަސް އިއްވައިފި ކަމަށެވެ. އަދި އެ ނިންމުން އެ މަނިކުފާނު ގަބޫލު ކުރައްވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބަކީ ވަރަށް ފުރިހަމައަށް ދިޔަ އިންތިޚާބެއް ކަމަށާއި އެމަނިކުފާނަށް ވޯޓު ދެއްވި ބޭފުޅުންނަށް ޝުކުރުވެރިވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ރައްޔިތުންނަށް ބުރައަކަށް ވެވަޑައިގަންނަވަން ބޭނުންފުޅު ނުވާކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

އަލަށް އިންތިޚާބުވި ރައީސް، އިބްރާހިމް މުހައްމަދު ސޯލިހްއަށް ހޯމަ ދުވަހު ތަހްނިޔާ ކިޔުއްވާފައިވާނެ ކަމަށާއި ވެރިކަން ބަދަލުވަންދެން ގައުމު ވަރަށް އަމާން ކަމާއެކު ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެއްވެސް ބަޔަކު މި ދުވަސްތަކުގައި ހަމަނުޖެހުމެއް ނުހިންގުމަށް ރައީށް ޔާމީން ވަނީ އެދިވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް