ކ. މާލެ
|
24 ސެޕްޓެންބަރ 2018 | ހޯމަ 11:18
ރިޔާސީ ކެންޑިޑޭޓަކަށް އިބު ހަމަޖެއްސުމަށް ބޭއްވި އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން
ރިޔާސީ ކެންޑިޑޭޓަކަށް އިބު ހަމަޖެއްސުމަށް ބޭއްވި އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިޚާބު 2018
އީސީގެ ވަގުތީ ނަތީޖާ: އިބޫ އަށް 134،616 ވޯޓް، ޔާމީނަށް 96،132 ވޯޓް
ބާތިލް ވޯޓްގެ އަދަދަކި 3129

އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފި އެވެ.

ވަގުތީ ނަތިޖާއިން ދައްކާ ގޮތުގައި، ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް 134،616 ވޯޓް ލިބިވަޑައިގެންފައިވާއިރު، މިހާރު ވެސް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ލިބިވަޑައިގެންނެވީ 96،132 ވޯޓެވެ.

2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ އެންމެ ފަހު ބުރުގައި، ވޯޓް ލުމުގެ ހައްގު ލިބިގެންވާ 93 ޕަސެންޓް މިހުން ވޯޓް ލާފައިވާއިރު، މި ފަހަރު ވޯޓް ލާފައިވަނި 89.22 ޕަސެންޓް މީހުންނެވެ.  ރިޔާސީ އިންތިޚާބުގައި ވޯޓްލުމުގެ ހައްގު ލިބިގެންވާ 263،135 މީހުން ތިބިއިރު، ވޯޓްލާފައި ވަނީ 233،877 މީހުންނެވެ. ބާތިލް ވޯޓްގެ އަދަދަކި 3129 އެވެ.

ދެ ކެންޑިޑޭޓުން ވާދަކުރެއްވި މި އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަންނަ ވަރުގެ މައްސަލައެއް، އަދި ޝަކުވާއެއް ވެސް ލިބިފައި ނުވާކަމަށް އީސީން ބުނެ އެވެ، 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް