ކ. މާލެ
|
10 އޮކްޓޯބަރ 2018 | ބުދަ 21:34
އިންތިޚާބު ކާމިޔާބު ކުރެވިފައިވާކަން ހާމަކުރެއްވުމަށް ބޭއްވި ނިއުސް ކޮންފަރެންސްގައި އިބޫ ބަޔާން އިއްވަވަނީ
އިންތިޚާބު ކާމިޔާބު ކުރެވިފައިވާކަން ހާމަކުރެއްވުމަށް ބޭއްވި ނިއުސް ކޮންފަރެންސްގައި އިބޫ ބަޔާން އިއްވަވަނީ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ސަރުކާރު ހަވާލުކުރުމުގެ ކަންތައް ލަސްނުކުރައްވާ: އިބޫ
ސަލާމަތީ ހިދުމަތްތަކަށް ޝުކުރު އަދާ ކުރެއްވި

ރައީސް އަބްދު ﷲ ޔާމީން އިންތިޚާބުން ނާކާމިޔާބު ވެވަޑައިގެންފައި ވާތީ ބަލި ގަބޫލުފުޅު ކުރައްވައި ސަރުކާރު ހަވާލުކުރުމުގެ ކަންތައް ލަސްނުކުރައްވައި ކުރިއަށް ގެންދެވުމަށް އިންތިހާބީ ރައީސް އަބްދުﷲ ޔާމީނަށް ގޮވާލައްވައިފި އެވެ.

ރިޔާސީ އިންތިހާބު ބޮޑު އަޣުލަބިއްޔަތުން ކާމިޔާބު ކުރެއްވުމަށް ފަހު އާދީއްތަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބޫ ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރެވުނީ ލޮބުވެތި ރައްޔިތުން ކުރި މަސައްކަތުންނާއި ތަފާތު ފިކުރުތައް ގުޅިގެން ރައްޔިތުން މަސައްކަތް ކުރުމުން ކަމަށެވެ. 

އިބޫ ދެއްވި ބަޔާނުގައި ވިދާޅުވީ މި ރެއަކީ ދިވެހިންގެ ދުއާ އިޖާބަކޮށްދެއްވި އުފާވެރި، ރެއެއް ކަމަށެވެ. އިންތިޚާބުގެ ކާމިޔާބީ އަކީ، އިންސާފުގެ މަގަށް ދިވެހިންނަށް އެޅުނު ފުރަތަމަ ފިޔަވަޅު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑަށް ވޯޓު ދިން މީހުންނާ ނުދޭ މީހުންނަށް ތަފާތެއް ނުކުރާނަން. އަޅުގަނޑު ވާނީ، އެންމެންގެ ރައީސަކަށް،" އިބޫ ވިދާޅުވި އެވެ.

މި އިންތިޚާބުގެ ކާމިޔާބީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ގެ ހިއްސާ ބޮޑު ކަމަށާއި ރައްޔިތުންނަށްޓަކައި އެ ލީޑަރުން ކޮށްދެއްވި މަސައްކަތަށް އިބޫ ޝުކުރު އަދާކުރެއްވެވި އެވެ. 

 އިބޫ ވަނީ މި އިންތިހާބުގައި ސަލާމަތީ ހިދުމަތްތަކުން އަދާކުރި މަސައްކަތަށް ވެސް ޝުކުރު އަދާކުރައްވާފައި އެވެ. އަދި އެހެންމެ ގައުމު އެއްބައިވަންތަ ކުރުމަކީ އެންމެ ބޮޑު މަސައްކަތްކަމަށް ފާހަގަ ކުރައްވައި، އެމަނިކުފާނު ވަނީ ގައުމު މިއަށް ވުރެ ރަނގަޅު ހާލަތަކަށް ގެނެސްދިނުމަށް އެމަނިކުފާނަށް އެއްބާރުލުން ދިނުމަށް ވެސް އެދިވަޑައިގެންފައި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް