ކ. މާލެ
|
24 ސެޕްޓެންބަރ 2018 | ހޯމަ 00:36
ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން. ވިލިނގިލީން މިފަހަރު މެޖޯރިޓީ ލިބުނީ އެމްޑީޕީއަށް
ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން. ވިލިނގިލީން މިފަހަރު މެޖޯރިޓީ ލިބުނީ އެމްޑީޕީއަށް
ޕީޕަލް މެގަޒިން
ރިޔާސީ ރޭސް 2018
ވިލިނގިލީ ދާއިރާގެ ރައްޔިތުންގެ އަޑު ކަނޑުވާލުމުން އެކަން މިފަހުރުގެ ވޯޓުން ދައްކާލައިފި
ވިލިނގިލީ ދާއިރާއަށް އެމްޑީޕީގެ މެޖޯރިޓީ ލިބުނު މިއީ ފުރަތަމަ ފަހަރު

ވިލިނގިލީ ރައްޔިތުންގެ އަޑު ކަނޑުވާލާފައިވާތާ އެތައް ދުވަހެއް ވެފައިވާއިރު އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުން އެމްޑީޕީއަށް، އިއްތިހާދަށް ބޮޑު ކާމިޔާބެއް ލިބިއްޖެއެވެ. 

ވިލިނގިލީ ދާއިރާއަކީ 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ޕީޕީއެމަށް މެޖޯރިޓީ ލިބުނު ދާއިރާއެކެވެ. ވިލިނގިލީގެ ތާރީޚުގައި ވެސް މިއީ ރިޔާސީ އިންތިޚާބެއްގައި އެމްޑީޕީއަށް އެދާއިރާއިން މެޖޯރިޓީ ލިބުނު ފުރަތަމަ ފަހަރެވެ.

އިލެކްޝަންސް ކަމިޝަނުން ގޮނޑި ގެއްލުވާލާފައިވާ މަޖިލީހުގެ 12 މެމްބަރުންގެ ތެރޭގައި ވިލިނިގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ވެސް ހިމެނި ވަޑައިގަންނަވައެވެ.

ވިލިނގިލިން އެމްޑީޕީއަށް މެޖޯރިޓީ ލިބުމާއި ގުޅިގެން ސައުދު ވިދާޅުވީ ވިލިނގިލީގައި ރައްޔިތުން ކުރެއްވި މަސައްކަތަކީ ދައުލަތް އިސްލާހު ކުރުމަށް އަދި ހަމަ މަގަށް އެޅުމުގެ މަސައްކަތް ކަމަށެވެ. އެކަން ވޯޓުން ވިލިނގިލީ ރައްޔިތުން ދައްކައިފި ކަމަށެވެ. ސައުދު ވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކާއި ގުޅިވަޑައިގެންފައެވެ.

ސައުދުގެ މައްޗަށް ޓެރަރިޒަމުގެ އަމަލެއް ހިންގަން ރޭވުމުގެ ދައުވާ ކޮށްފައިވާއިރު، އެ ދައުވާގެ އިތުރުން، ގާނޫނު ތަންފީޒްކުރާ މުވައްޒަފުންނަށް ގަސްދުގައި ހުރަސްއެޅުމުގެ ދައުވާ އާއި، ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ ވެސް އޭނާގެ މައްޗަށް ވަނީ ކޮށްފަ އެވެ. އެ ދައުވާތައް ކޮށްފައި ވަނީ މެންބަރެއް ނޫން ކަމަށް ކަނޑައަޅާފައިވަނިކޮށް މިދިއަ އަހަރުގެ ޖުލައި 24 ވަނަ ދުވަހު މަޖިލީހަށް ވަން ކަމަށް ބުނާ މައްސަލައިގަ އެވެ.

މަޖިލިހަށް ވަން މައްސަލައާ ގުޅިގެން މިދިއަ އަހަރުގެ ޖުލައި މަހު 27 ވަނަ ދުވަހު ސައުދު ހައްޔަރުކުރުމަށް ފަހު، ބަންދުން ދޫކޮށްލާފައި ވަނީ މިދިއަ އަހަރުގެ އޮގަސްޓް މަހުގެ 20 ވަނަ ދުވަހު އެވެ.

ރައްޔިތުންގެ މަޖިލީހުގެ 12 ގޮނޑި ގެއްލުވާލީ ރައީސް ޢަބްދުﷲ ޔާމީން ކަމަށް އެމަނިކުފާނު އަމިއްލަފުޅަށް ވެސް ވަނީ އިއުތިރާފްވެ ވަޑައިގެންފައެވެ. 

" ބޭއިންސާފުން ވިލިނގިލީގެ ރައްޔިތުންނަށް އެތައް ކަމެއް ދިމާވެއްޖެ. ދާއިރާގެ އަޑު ރައީސް ޔާމީންގެ ސަރުކާރުން ކަނޑުވާލާފައި އޮންނަތާ އެތަކެއް ދުވަސް ވެއްޖެ. އަޅުގަނޑު ވިލިނގިލީގެ ދާއިރާގެ ރައްޔިތުންނަށް ޚާއްސަކޮށް ކޮލަމާފުށީ ރައްޔިތުންނަށް ދަންނަވާނީ ގައުމަށް ނަމޫނާއެއް ދެއްކިކަމަށް. ފަހަތަށް ނުޖެހި ބިރުވެރިކަމާއި އަނިޔާވެރިކަމާއި ދެކޮޅަށް މި ވަނީ ނަސްރު ލިބިފައި." ސައުދު ވިދާޅުވިއެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް