ކ. މާލެ
|
24 ސެޕްޓެންބަރ 2018 | ހޯމަ 00:05
އިބޫ ކުރެއްވި ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން
އިބޫ ކުރެއްވި ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން
ރާއްޖެ އެމްވީ
ރިޔާސީ އިންތިޚާބު 2018
އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ތާއިދާއި ލޯބި

މި އަދު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ދިވެހިރާއްޖޭގެ ހަތް ވަނަ ރައީސުލްޖުމްހޫރިއްޔާއަކަށް ވެވަޑައިގަންނަވާނެ އިބްރާހިމް މުހައްމަދު ސޯލިހު ވެގެން ދާނީ ދިވެހި ތާރީޚުގައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެންމެ ބޮޑު ތާއިދަކާއި ރައްޔިތުންގެ ލޯބި ލިބިވަޑައިގެންނެވި ލީޑަރަށެވެ.

އުމުރުފުޅުން 56 އަހަރުގެ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަކީ، ފާދިއްޕޮޅު ހިންނަވަރު، ނޫރާނީއާގޭ އަލްމަރްހޫމް މުހައްމަދު ޞާލިހް އާއި ހަމަ އެރަށު ދޫރިޔާގޭ މުއުމިނާ ހުސެއިން ފުޅަށް ލިބިވަޑައިގެންނެވި 13 ބޭފުޅުންގެ ތެރެއިން ތިންވަނަ އަދި ފިރިހެން ބޭފުޅުންގެ ތެރެއިން އެންމެ ދޮށީ ދަރިކަލުންނެވެ. މިހާރު ދުނިޔޭގައި ތިއްބެވީ 12 ބޭފުޅުންނެވެ. އެއީ ފިރިހެން އަށް ބޭފުޅުންނާއި އަންހެން ހަތަރު ބޭފުޅުންނެވެ.

އިބޫ އުފަންވެވަޑައިގަތީ 1 މަރޗް 1962 ވަނަ އަހަރު ހިންނަވަރަށެވެ. ރަށުގައި ތައުލީމު ހާސިލްކުރެއްވުމަށް ފަހު އިތުރަށް ތައުލީމް ހާސިލްކުރެއްވުމަށް މާލެވަޑައިގެންނެވިއެވެ.

ސްކޫލް ނިންމެވުމަށް ފަހު ކައިވެނި ބައްލަވައިގަތީ މަޝްހޫރު އަހްމަދު އިސްމާއީލް މަނިކު (ސިއްކަ އަހަމްދު މަނިކު) ދަރިކަނބަލުން މ. ދީފުރަމްއާގޭ ފަޒްނާ އަހުމަދުއާ އެވެ.

ޕްރޮފައިލް

 

- ކޮމެންޓް
26 ސެޕްޓެންބަރ 2018 | ބުދަ 08:27
Izu
Thauleemee fen varaa Tibeee kitha bey fulhu tho ves jahaali nama furihama vees