ކ. މާލެ
|
2 އޮކްޓޯބަރ 2018 | އަންގާރަ 19:51
ސޯލްޓް ކެފޭ ހިންގާ އިމާރާތުގައި ފުލުހުން:-ފުލުހުން އެތަން ބަލާ ފާސްކުރި ތުހްމަތާ ގުޅޭ އެއްވެސް އެއްޗެއް ފެނިފައިނުވޭ:-ފޮޓޯ-ރާއްޖެމްވީ
ސޯލްޓް ކެފޭ ހިންގާ އިމާރާތުގައި ފުލުހުން:-ފުލުހުން އެތަން ބަލާ ފާސްކުރި ތުހްމަތާ ގުޅޭ އެއްވެސް އެއްޗެއް ފެނިފައިނުވޭ:-ފޮޓޯ-ރާއްޖެމްވީ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ރިޝްވަތު ބެހުމުގެ ތުހްމަތުގައި އިބޫގެ ކެމްޕެއިން އޮފީސް ބަލާ ފާސްކުރިއިރު އެއްވެސް އެއްޗެއް ނުފެނުން
އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވޭ
ސޯލްޓް ކެފޭ ހިންގަމުންދާ އިމާރާތުގެ އެކި ފަންގިފިލާތައް ބަލާ ފާސްކުރި

މާދަމާ އޮންނަ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ރިޝްވަތުގެ ފައިސާ ބަހަމުންދާ ކަމަށް އެމްޑީޕީގެ މެމްބަރަކާއި އިތުރު ބައެއްގެ މައްޗަށް ތުހުމަތުކޮށް އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން އޮފީސް ހިންގަމުން އަންނަ އިމާރާތް ފުލުހުން ބަލާ ފާސްކުރުމަށްފަހު އެއްވެސް އެއްޗެއް ނުފެނިގެން ހިނގައްޖެ އެވެ. 

އިބޫގެ ކެމްޕެއިން އޮފީސް ހިންގަމުން އަންނަ ސޯލްޓް ކެފޭ އެންޑް ރެސްޓޯރެންޓް ހިންގަމުން އަންނަ ޝައިންޓްރީ ބިލްޑިންއަށް ފުލުހުން ވަނީ ހޮނިހިރު ދުވަހުގެ ހަވީރެވެ. ނަމަވެސް ކޯޓު އަމުރެއް ނެތި އެ އިމާރާތުގައި ހުންނަ އިބޫގެ ކެމްޕެއިން އޮފީސް ހުންނަ ފަސް ވަނަ ފަންގިފިލާގައި ފުލުހުން ތިބުމަށްފަހު ކޯޓު އަމުރެއް ގެނެސްފައި ވަނީ ރޭގަނޑުގެ 21.00 ހާއިރެވެ.

ސޯލްޓް ކެފޭ ހުރި އިމާރާތުން ހިސާން ނިކުންނަވަނީ:-ހިސާން ވިދާޅުވީ ފުލުހުން ތުހްމަތުކުރި މައްސަލައާ ގުޅޭ އެއްވެސް އެއްޗެއް ފެނިފައިނުވާ ކަމަށް ޔަގީންކަން ދިން ކަމަށް:-ފޮޓޯ-ރާއްޖެމްވީ

ކްރިމިނަލް ކޯޓުން 20.45 ގައި ކޯޓުން ފުލުހުންނަށް އަމުރު ދީފައި ވަނީ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމަށްޓަކައި މއ. ޗަނބޭލީއާގެ، އަހްމަދު ޝާހިދު (ސާބެ) އާއި އިތުރު ބަޔަކު ބައިވެރިވެގެން ސޯލްޓް ކެފޭ ހުންނަ އިމާރާތުގައި ރިޝްވަތުގެ ފައިސާ ބަހަމުންދާ ކަމަށް ލިބުނު މައުލޫމާތާ ގުޅިގެން އެތަން ބަލާ ފާސްކުރުމަށެވެ.

އެ އަމުރު ހިފައިގެން ފުލުހުން ސޯލްޓް ކެފޭ ހުރި އިމާރާތުގެ ހަތް ފަންގިފިލާ ބަލާ ފާސްކުރުމަށް ފަހު ނިކުތީ ރޭގަނޑު 12.00 ހާއިރުއެވެ. އަދި އޭގެ ފަހުން އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަދި އިބޫގެ ކެމްޕެއިން އޭޖެންޓް ވިދާޅުވީ ފުލުހުން ތުހްމަތު ކުރި މައްސަލައާ ގުޅޭ އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. އަދި އެކަން ލިޔުމުން އަންގާނެ ކަމަށް ވެސް ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް