ކ. މާލެ
|
22 ސެޕްޓެންބަރ 2018 | ހޮނިހިރު 17:46
ދިރާގު ޑޭޓާ ޕެކް
ދިރާގު ޑޭޓާ ޕެކް
ދިރާގު
ދިރާގުން ހާއްސަ ޑޭޓާޕެކެއް
އިންތިޚާބުގެ އެންމެ ފަހުގެ އަޕްޑޭޓްތައް ބަލާލުމަށް ދިރާގުން ޚާއްސަ ޑޭޓާ ޕެކެއް!
ޑޭޓާ ޕެކްގައި 10 ޖީބީ ހިމެނޭ
ޑޭޓާ ޕެކް އެކްޓިވޭޓް ކުރެވޭނީ ސެޕްޓެމްބަރު 24 ވަނަ ދުވަހުގެ ނިޔަލަށް
އެކްޓިވޭޓް ކުރާ ދުވަހުން ފެށިގެން 5 ދުވަސް ވަންދެން އެ ޑޭޓާ ޕެކް ބޭނުން ކުރެވޭނެ

ރިޔާސީ އިންތިޚާބުގެ އެންމެ ފަހުގެ އަޕްޑޭޓްތައް މޮބައިލް ފޯނުން ބަލައިލުމަށް ދިރާގުން ހާއްސަ ޑޭޓާ ޕެކެއް ތައާރަފުކޮށްފިއެވެ.

ދިރާގުން ތައާރަފުކޮށްފައިވާ "އިންތިޚާބު ޕެކް" ގައި 10 ޖީބީގެ ޑޭޓާ ހިމެނޭއިރު ޕެކޭޖްގެ އަގަކީ 225 ރުފިޔާއެވެ.

މި ޑޭޓާ ޕެކް ދިރާގު މޯބައިލް ޕޯސްޓްޕެއިޑްގެ ހުރިހާ ކަސްޓަމަރުންނަށް އަދި ދިރާގު އައު ޕްރީޕެއިޑް ގެންގުޅުއްވާ ކަސްޓަމަރުންނަށް ވަރަށް ފަސޭހަކަމާއެކު ދިރާގު މޯބައިލް އެޕް މެދުވެރިކޮށް ނުވަތަ އެސްއެމްއެސް މެދުވެރިކޮށް ވެސް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

"އިންތިޚާބު ޕެކް" ނެގުމަށްޓަކައި ކަސްޓަމަރުން އެސްއެމްއެސް ފޮނުއްވަން ޖެހޭނީ “ADD E10GB”  ޖެހުމަށްފަހު 343 ނަންބަރަށެވެ.

މި ޑޭޓާ ޕެކް އެކްޓިވޭޓް ކުރެވޭނީ ސެޕްޓެމްބަރު 24 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި އެކްޓިވޭޓް ކުރާ ދުވަހުން ފެށިގެން 5 ދުވަސް ވަންދެން އެ ޑޭޓާ ޕެކް ބޭނުން ކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކަސްޓަމަރުން ބޭނުންވާ ހިދުމަތްތައް ލުއިފަސޭހަކޮށްދީ، ކަސްޓަމަރުންނަށް އެންމެ ހެޔޮ އަގުގައި ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށް ދިރާގުން މައުލޫމާތުދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް