ކ. މާލެ
|
22 ސެޕްޓެންބަރ 2018 | ހޮނިހިރު 20:03
ޝެރެޓަން ފުލް މޫން ރިސޯޓުގެ މަންޒަރެއް
ޝެރެޓަން ފުލް މޫން ރިސޯޓުގެ މަންޒަރެއް
ޓްވިޓަރ
ވޯޓުލާތަން ބަދަލުކުރުން
މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
ވޯޓު ފޮށި އަސްލު ބަހައްޓަން ހަމަޖެހިފައިވަނީ ވަރަށް ހާމަ ސަރަހައްދެއްގައި
އިލެކްޝަން ކޮމިޝަނުން ވޯޓުލާ ފޮށި ބަހައްޓާތަން ބަދަލު ކޮށްފައިވާ ޚަބަރު ލިބުނީ ހަވީރު ފަހެއް ޖަހަނިކޮށް

ރިޔާސީ އިންތިޚާބުގައި ޝެރެޓަން ފުލް މޫން ރިސޯޓުގެ ވޯޓުލާ ފޮށި ބަންދުކޮށްފައިވާ ކޮޓަރިއަކަށް ބަދަލުކުރުމުން މުވައްޒަފުން ނިކުމެ، ހަޅުތާލުކޮށްގެން އެ ވޯޓު ފޮށި އަސްލު ބަހައްޓަން ހަމަޖެހިފައިވާތަނަށް ބަދަލު ކޮށްފިއެވެ.

މިއަދު ހަވީރު ރިސޯޓު މުވައްޒަފުންނާއި އިލެކްޝަން ކޮމިޝަނުގެމުވައްޒަފުންނާއި ދެމެދު ވަނީ ހޫނު ގަދަ ބަހުސެއް ހިނގާފައެވެ. މުވައްޒަފުން ބުނީ ބަންދުކޮށްފައިވާ ކޮޓަރިއެއްގެ ތެރޭގައި ވޯޓު ފޮށި ބެހެއްޓުމަކީ ޓްރާންސްޕޭރެންސީ ގެއްލިދާނެ ކަމެއް ކަމަށާއި އެހެން ނުހެއްދުމަށެވެ. އަދި ވޯޓު ފޮށި ބަހައްޓަން ކުރިން ހަމަޖައްސާފައި ހުރި ތަން ރަގަނޅުކަމަށާއި އެތަނަކީ ހާމަކަން ބޮޑުތަނެއް ކަމަށް މުވައްޒަފުން ވަނީ ފާހަގަ ކޮށްފައެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ރާއްޖެ އެމްވީއަށް މައުލޫމާތު ދިން އެ ރިސޯޓުގެ މުވައްޒަފަކު ބުނީ ވޯޓުލާ ފޮށި އިލެކްޝަންސް ކޮމިޝަނުން ބަހައްޓާތަން ބަދަލު ކުރި ކަމުގެ ޚަބަރު ލިބުނީ ހަވީރު ފަހެއް ޖަހަނިކޮށް ކަމަށެވެ. ރިސޯޓުގެ މުވައްޒަފުންނަށް އެ މައުލޫމާތު ލިބުމާއެކު ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގެ ކުރިމައްޗަށް ގޮސް ވަނީ ހަޅުތާލު ކޮށްފައި ކަމަށާއި އިލެކްޝަންސް ކޮމިޝަނުގެ ދެ މުވައްޒަފުން އެއާއެކު އަލުން ބައްދަލު ކުރި ކަމަށެވެ. ބަންދު ކޮށްފައިވާ ކޮޓަރީގައި ވޯޓުލުމަށް ރިސޯޓުގެ މުވައްޒަފުން ދެކޮޅު ހެދުމުން ކުރިން ވޯޓުލާން ހަމަޖައްސާފައި ހުރި އޯޕެން ހަޓަށް ވޯޓުލާ ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުން އެއްބަސްވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ. އެ ކަން ހަމަޖެހުނީ ގާތް ގަޑަކަށް 5:20 ގައި ކަމަށް އޭނާ ބުނެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ދެ މުވައްޒަފުންނާއި ހަވާލާދީ ނަން ނުޖެހުމަށް ޝަރުތުކޮށް މައުލޫމާތު ދިން ރިސޯޓުގެ މުވައްޒަފު ބުނީ ބަންދު ކޮށްފައިވާ ކޮޓަރިއަށް ވޯޓު ފޮށި ލާން ނިންމީ އިލެކްޝަންސުގެ މުވައްޒަފުން އެއަރ ކޮންޑިޝަންގެ ތެރޭގައި ތިބުމަށްކަމަށް އެ މީހުން ބުނިކަމަށެވެ. 

އެ ރިސޯޓުގެ އެޗްއާރ މެނޭޖަރަށް ރާއްޖެ އެމްވީއިން ގުޅުމުން، އެބޭފުޅާ ވިދާޅުވީ ވޯޓުލާން ހަމަޖެހިފައި ވަނީ އިލެކްޝަންސުން ހަމަޖައްސައިފައިވާ ހާމަކަން ބޮޑު ތަނެއްގައި ކަމަށެވެ. ބަންދުކޮށްފައި ހުރި ކޮޓަރިއަކުން ހާމަކަން ބޮޑު ސަރަހައްދަކަށް ވޯޓުލާ ފޮށި ބަދަލު ކުރީ ކީއްވެތޯ ރާއްޖެއެމްވީ އިން އެހުމުން އެބޭފުޅާ ވިދާޅުވީ އެއީ އަސްލު ވޯޓު ފޮށި ބަހައްޓަން ހަމަޖައްސާފައިވާ ތަނަށް ވުމުންކަމަށެވެ.

އެ ރިސޯޓުގައި އެކަހަލަ ހާދިސާއެއް ހިނގިތޯ އިލެކްޝަންސް ކޮމިޝަނަށް ގުޅައި އެހުމުން އެބޭފުޅުން ވިދާޅުވީ އެކަމާ ބެހޭ މައުލޫމާތެއް އަދު ލިބިފައި ނުވާކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް