ކ. މާލެ
|
2 އޮކްޓޯބަރ 2018 | އަންގާރަ 17:34
މާފުށި ކައުންސިލްގެ ރައީސް ހައްޔަރުކޮށްފައި ވަނީ އެއްވެސް ހަމައެއް ނެތި ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުން
މާފުށި ކައުންސިލްގެ ރައީސް ހައްޔަރުކޮށްފައި ވަނީ އެއްވެސް ހަމައެއް ނެތި ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުން
ގޫގުލް
ކައުންސިލްގެ ރައީސް
މާފުށީ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
ކައުންސިލްގެ ރައީސް ހައްޔަރު ކުރީ ގުރައިދޫ ދާޢިރާގެ މެމްބަރަށް ބިރު ދެއްކުމުގެ ތުހުމަތުގައި

މާފުށީގެ ކައުންސިލްގެ ރައީސް ޢުޘްމާން ރަޝީދު ހައްޔަރުކޮށްފިއެވެ.

ހިންމަފުށީގެ މެޖިސްޓްރޭޓް ކޯޓުން ނެރުނު ކޯޓު އަމުރަކާއެކު ކައުންސިލްގެ ރައީސް ޢުޘްމާން ހައްޔަރުކޮށްފައި ވަނީ ހޮނިހިރު ދުވަހުގެ މެންދުރު ފަހުއެވެ. އުޘްމާން ހައްޔަރު ކުރީ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޟާއަށް ބިރު ދެއްކުމުގެ ތުހުމަތުގައެވެ. އަދި އުޘްމާނަކީ މުޖްތަމައަށް ހުރި ނުރައްކަލެއް ކަމަށް ބެލެވޭ ކަމަށާއި ރިޟާއަށް ނުފޫޒު ފޯރުވަން އުޅެދާނެ ކަމަށް ކޯޓު އަމުރުގައި ވަނީ ތުހުމަތު ކޮށްފައެވެ.

ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ މިއީ ސަރުކާރުން ވޯޓަށް ނުފޫޒު ފޯރުވަން ކުރި ކަމެއް ކަމަށެވެ. މިއީ އިންތިޚާބަށް އެޅިގެންދާނެ ހުރަހެއް ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް