ކ. މާލެ
|
2 އޮކްޓޯބަރ 2018 | އަންގާރަ 17:17
އިންތިހާބެއްގައި ބޭނުންކުރި ވޯޓު ކަރުދާސްކޮޅުތަކެއް:- ވޯޓު ކަރުދާހުގައި ނަމާ ދިމާލުގައި ހުންނަ ރަނގަޅު ފާހަގަ ސައްހަ ކަމަށް ބަލާނެ
އިންތިހާބެއްގައި ބޭނުންކުރި ވޯޓު ކަރުދާސްކޮޅުތަކެއް:- ވޯޓު ކަރުދާހުގައި ނަމާ ދިމާލުގައި ހުންނަ ރަނގަޅު ފާހަގަ ސައްހަ ކަމަށް ބަލާނެ
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ނަމާއި ދިމާވާ ގޮތަށް ރަނގަޅު ފާހަގަ ޖަހާ ކަރުދާސް ސައްހަވާނެ، ގޮޅިތެރޭގައި ފާހަގަ ނުޖެހުމަކީ މައްސަލައެއް ނޫން: އިލެކްޝަން
ވޯޓުގެ ނަތީޖާ ޝީޓްގައި ލިޔާނީ އަތުން
ގާނޫނުން ބަދަލުކޮށްފައިވާ ކަމެއް ނޫނީ އަމަލުކުރާނީ ކުރިން ވެސް އިންތިހާބުތަކުގައި އަމަލުކުރި ގޮތަށް

މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލާއިރު އެ މީހަކު ބޭނުންވާ ކެންޑިޑޭޓްގެ ނަމާ ދިމާވާ ގޮތަށް ރަނގަޅު ފާހަގަ ޖަހައިފި ނަމަ އެ ކަރުދާސްކޮޅު ސައްހަވާނެ ކަމަށާއި ކޮންމެހެން ގޮޅި ތެރޭގައި އެ ފާހަގަ ޖަހަން ނުޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.  

ހޮނިހިރު ދުވަހު ބާޖަމާލުއްދީން ހޯލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެ ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފު ވޯޓު ކަރުދާހުގައި ކެންޑިޑޭޓުގެ ނަމާ ދިމާލުގައި ފާހަގަ ހުންނަ ކޮންމެ ކަރުދާސްކޮޅެއް އެއީ ސައްހަ ވޯޓެއްގެ ގޮތުގައި ގުނާނެ ކަމަށެވެ. އަދި ހަމަ އެހެންމެ ގާނޫނަށް ގެނައި އިސްލާހާ އެއްގޮތަށް ވޯޓު ކަރުދާހުގައި ރަނގަޅު ފާހަގައިގެ އިތުރުން ކޮންމެ އެއްޗެއް ކުރަހާ ލިޔެފައި އޮތަސް އެ ކަރުދާސް ސައްހަވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ޝަރީފު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: -ފޮޓޯ ރާއްޖެއެމްވީ

މީގެ އިތުރުން ވޯޓުގެ ނަތީޖާ ވޯޓުލާ މަރުކަޒުގައި އިއުލާން ކުރުމަށް ފަހު ނަތީޖާ ޝީޓް މަރުކަޒުގައި ތަތްކުރާނީ އަތުން ލިޔުމަށް ފަހު ކަމަށާއި ނަތީޖާ ޓެބްލެޓަށް އަޅާނީ އޭގެ ފަހުގައި ކަމަށް ޝަރީފު ވިދާޅުވިއެވެ.  

ވޯޓުލާ މަރުކަޒުގައި ތިބޭ މޮނިޓަރުން ފޯނު ޗާރޖްކުރުމަށް ޕަވަރބޭންކް ވެއްދުމުގެ ހުއްދަ އޮންނާނެ ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ. ވޯޓު ފޮއްޓަށް އައްޔަންކުރި ބައެއް އޮފިޝަލުން ސިޔާސީ ކަންކަމުގައި ބައިވެރިވެގެން ފިޔަވަޅު އަޅާފައިވާނެ ކަމަށް ވިދާޅުވި ނަމަވެސް އޭގެ ތަފްސީލެއް އޭނާ ނުދެއްވައެވެ.

މާދަމާ ބާއްވާ އިންތިހާބަށް އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން ތައްޔާރުވަނީ: -ފޮޓޯ ރާއްޖެއެމްވީ

އިލެކްޝަންސް ކޮމިޝަނުގެ ސާވަރ އަށް އެހެން އެއްވެސް ބަޔަކަށް އެކްސެސް ނުވެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ފާހަގަ ކުރައްވައި ޝަރީފު ވިދާޅުވީ އެ ކޮމިޝަނުގެ ސާވަރ އަށް ދުވާލަކު ދެ ލައްކަ އެޓޭކް ދެމުންދާ ކަމަށެވެ. އަދި އެ އެޓޭކްތައް ދެމުންދަނީ ރާއްޖެއިން ބޭރުން ކަމަށާއި އެ ސާވަރ އަށް އެއްވެސް ފަރާތަކަށް ނުވަދެވޭނެ ކަމަށް ވިދާޅުވިއެވެ.

މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 262135 މީހުނަށް ލިބިފައިވާއިރު 472 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މި އިންތިހާބުގައި އޮބްޒާވަރުންގެ ގޮތުގައި 2610 މީހަކަށާއި މޮނިޓަރުންގެ ގޮތުގައި 3329 މީހުނަށް ހުއްދަ ދީފައިވާ ކަމަށް އިލެކްޝަނުން މިއަދު ބުންޏެވެ. އަދި އެހެންމެ ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި 945 މީހަކު ތިބޭއިރު ބައިނަލް އަގުވާމީ 26 އޮބްޒާވަރަކަށް އިންތިހާބު ކަވަރުކުރުމަށް ހުއްދަ ދީފައިވާނެ ކަމަށް ވެސް އެކޮމިޝަނުން ވަނީ ބުނެފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް