ކ. މާލެ
|
22 ސެޕްޓެންބަރ 2018 | ހޮނިހިރު 07:23
ހދ. މަކުނުދޫގައި ވޯޓުލާ ސަރަހައްދުގެ ބޭރުގައި ގޮނޑިބަރި ޖަހާފައި
ހދ. މަކުނުދޫގައި ވޯޓުލާ ސަރަހައްދުގެ ބޭރުގައި ގޮނޑިބަރި ޖަހާފައި
ޓްވިޓަރ
ރިޔާސީ ރޭސް 2018
ރިޔާސީ އިންތިޚާބަށް ވޯޓުލުމަށް ބައެއް ރަށްރަށުގައި ކިޔު ހަދައިފި
އިންތިޚާބު އޮންނާނީ މި މަހުގެ 23ވާ އާދީއްތަ ދުވަހު
262،135 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވޭ

އާދީއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ރާއްޖޭގެ ބައެއް ރަށްރަށުގައި ކިޔު ހަދައިފިއެވެ.

އެގޮތުން ހދ. މަކުނުދޫގައި ވަނީ އެރަށު ވޯޓުލާ ސަރަހައްދުގެ ބޭރުގައި ގޮނޑިބަރި ޖަހާފައެވެ. އަދި ދ. ކުޑަހުވަދޫގައި ވެސް ވަނީ ވޯޓުލުމަށް ކިޔު ހަދާފައެވެ. 

 

އިންތިޚާބުގެ ވޯޓުލުމުގެ ދެ ދުވަސް ކުރިން ބައެއް ރަށްރަށުން ކިޔު ހަދާފައިވާއިރު މިއީ މިހާ ކުރިން ވޯޓުލުމަށް ކިޔު ހެދި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ވޯޓުލާ ދުވަހުގެ ކުރީ ރޭ ބައެއް ރަށްރަށުގައި ކިޔު ހަދައެވެ.

ރިޔާސީ އިންތިޚާބުގައި އައިޑީކާޑުގެ ނަމްބަރާއި ނަމާއި އެޑްރެސް ހިމެނޭ ގޮތަށް އާއްމުކޮށްފައިވާ ލިސްޓުގައިވާ ގޮތުން 262،135 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެއެވެ. މިފަހަރުގެ އިންތިޚާބުގައި ވާދަކުރައްވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު(އިބޫ) އާއި ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނެވެ.

ރިޔާސީ އިންތިޚާބު މޮނިޓަ ކުރަން 10،506 މޮނިޓަރުން ބައިވެރިވާނެއެވެ. ބޭރުގެ މޮނިޓަރުންގެ ގޮތުގައި 34 މީހަކު ބައިވެރިވާ ކަމަށް އިލެކްޝަނުން ބުނެފައިވާ އިރު ދައުވަތު ދީގެން ބޭރުގެ އޮބްޒާވަރުންގެ ގޮތުގައި 25 މީހަކު ބައިވެރިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އަދި އޮފިޝަލުންގެ ގޮތުގައި 1895 މީހުން ހަރަކާތްތެރިވާނެއެވެ. އިލެކްޝަން ކަވަރުކުރުމަށް ބޭރުގެ މީޑިއާތަކަށް އިލެކްޝަނުން ހުއްދަ ދިން ނަމަވެސް ގިނަ މީޑިއާތަކުގެ މީހުންނަށް އިމިގްރޭޝަނުން ވިސާ ދޫކޮށްފައެއް ނުވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
22 ސެޕްޓެންބަރ 2018 | ހޮނިހިރު 05:03
Daaoodhh
Raa noohun olhuvaanulaa. Business visa akee e visa ah paybkureema dhookuraa visa eh. Pay kobbala meehakah 250 rufiyaa eyrun egeyne visa dhoo kuraakan