ކ. މާލެ
|
1 އޮކްޓޯބަރ 2018 | ހޯމަ 11:06
ކައުންސިލް މެންބަރު ނަޝީދާ އާދަމް އެމްޑީޕީ އަށް ސޮއިކުރެއްވުން
ކައުންސިލް މެންބަރު ނަޝީދާ އާދަމް އެމްޑީޕީ އަށް ސޮއިކުރެއްވުން
ޓްވިޓަރ
މާފުށި ކައުންސިލަރު
މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
އޭނާ ހުންނެވީ މާފުށީގައި ގޯތި ދިނުމުގައި ސަރުކާރުން އަމަލުކުރި ގޮތާއި މެދު ހިތްހަމަޖެހިވަޑައި ނުގެން

ކ. މާފުށި ކައުންސިލްގެ ނައިބު ރައީސް އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.

އަމިއްލަ ގޮތުން ހޮވިވަޑައިގެން ހުންނެވި ހަމައެކަނި ކައުންސިލް މެންބަރު ނަޝީދާ އާދަމް އެމްޑީޕީ އަށް ސޮއިކުރެއްވީ ސަރުކާރުން މާފުށީގެ ރައްޔިތުންނަށް ގޯތި ދިނުމުގައި އަމަލުކުރި ބޭއިންސާފު ގޮތް ބަލައި ނުގަނެވޭނެކަމަށް ވިދާޅުވެއެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން ހަމައެކަނި ރައްޔިތުންނާއި ގުޅުން ހުރި އެންމެ ކަމެއް ލިބުނީމަ އެކަމާއި މެދު އަޅުގަނޑުމެން ކައުންސިލްގެ އެއްވެސް ބަހެއް ނުހޯދައި އެކަން ކޮށް ނިންމާލަނީ. އެއީ އެކަން ކުރެވޭނެ ގޮތެއް ނޫން" ނަޝީދާ ވިދާޅުވިއެވެ.

ނަޝީދާ ވިދާޅުވީ، މާފުށީ ޔޫތު ސެންޓަރުގެ ތެރޭގައި ގޯތި ދޫކުރުމުގެ ކަންކަން ހިންގަމުން ދަނީ އެއްވެސް ހަމައެއް އިންސާފެއް ނެތިކަމަށެވެ.

"ކައުންސިލުން ނޫން ގޮތަށް ގޯއްޗެއްގައި މިންވެސް އަޅާނުލެވޭނެ" ނަޝީދާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކަން ހިނގި ގޮތާއި މެދު މާފުށީގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ތިބީ ހިތްހަމަނުޖެހިފައި ކަމަށާއި، ރައްޔިތުން ހޮވި މީހެއްގެ ހައިސިއްޔަތުން ރައްޔިތުންނަށް ދެރަވާ ގޮތަށް އަމަލު ކުރެވިގެން ނުވާނޭކަމަށެވެ.

އަދި އެމްޑީޕީއަށް ސޮއިކުރީ އެކަން ކަމަށް އިންސާފު ލިބޭނެކަމަށް އުއްމީދު ކުރާތީކަމަށް އޭނާ ވިދާޅުވިއެވެ. އޭނާއަށް މާފުށީގެ އެމްޑީޕީ މެމްބަރުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

ނަޝީދާ އެމްޑިޕީއަށް ސޮއިކުރުމާއިއެކު، ކ. މާފުށީ ކައުންސިލްގައި މިހާރު ތިއްބަވާނީ އެމްޑީޕީގެ ދެ ކައުންސިލަރުންނާއި ޕީޕީއެމްގެ ކައުންސިލަރެކެވެ.

 

 

- ކޮމެންޓް
22 ސެޕްޓެންބަރ 2018 | ހޮނިހިރު 06:18
ހ މ ޒ
ސަލަފުން ރައީސް ޔާމީނަށް ތާއީދުކުރަން ނިންމައިފި!