ކ. މާލެ
|
1 އޮކްޓޯބަރ 2018 | ހޯމަ 11:27
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހްގެ ކެންޑެސީ ފޯމް ހުށަހެޅުމަށް އިލެކްޝަނަށް ވަޑއިގެންނެވި ދުވަސް
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހްގެ ކެންޑެސީ ފޯމް ހުށަހެޅުމަށް އިލެކްޝަނަށް ވަޑއިގެންނެވި ދުވަސް
މުހައްމަދު ޝަރުހާން
ރިޔާސީ ރޭސް 2018
ގުޅިފައިވާ ޕާޓީތަކުގެ ކެމްޕޭން ނިންމުމުގެ ޕެރޭޑް މާދަމާ ހަވީރު
ޕެރޭޑް ފެށެނީ މާދަމާ ހަވީރު ރަސްފަންނުން

ގުޅިފައިވާ ޕާޓީތަކުން ބާއްވާ ކެމްޕޭން ނިންމުމުގެ ހަރަކާތް ޕެރޭޑެއްގެ ގޮތުގައި ބޭއްވުމަށް ނިންމައިފިއެވެ.

ދަމާ ހަވީރު އޮންނަ މި ޕެރޭޑް ފެށޭނީ ހަވީރު 4:00 ގައި ރަސްފަންނުންނެއެވެ.

ގުޅިފައިވާ ޕާޓީތަކުން ކެމްޕެއިން ނިންމުމުގެ ޕެރޭޑް ހޮނިހިރު ދުވަހު ބާއްވާއިރު، ގުޅިފައިވާ ޕާޓީތަކުން ރާއްޖޭގެ އަތޮޅުތަކަށް ފެށި ކެމްޕޭން ދަތުރު ނިންމާލުމުގެ ޖަލްސާ ވަނީ ރޭ އައްޑޫސިޓީގައި ބާއްވާފައެވެ.

އަތޮޅުތަކުގެ ކެމްޕެއިން ދަތުރުފުޅުތައް ނިންމަވާލެއްވުމަށް ފަހު ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާއި، އެ މަނިކުފާނުގެ ނާއިބު ފައިސަލް ނަސީމް މިއަދު މާލެ ވަނީ މާލެ ވަޑައިގެންފައެވެ. އެ ދެ ބޭފުޅުން ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންފައެވެ.

އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ކުރުމުގެ އެންމެ ފަހު ވަގުތަކީ މާދަމާ ހަވީރު 6 ޖެހުމާ ހަމައަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް